ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

ފިޔޯރީ ސްކޫލް

 ގދ.ފިޔޯރީ، ދިވެހިރާއްޖެ

        2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށްހިފުމާ ބެހޭ 

2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.  

ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެން ފަރާތެއް ( ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

ތަން ތާރީޚް ދުވަސް ތަފްސީލް ގަޑި
ފިޔޯރީ ސްކޫލް 17 ޑިސެމްބަރ 2018 ހޯމަ މައުލޫމާތު ސާފްކުރުން 11:00
ފިޔޯރީ ސްކޫލް 24 ޑިސެމްބަރ 2018 ހޯމަ އަންދާސީ ހިސާބްހުށަހެޅުން 11:00

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7983086 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 ޑިސެމްބަރު 2018

13 ޑިސެންބަރު 2018
ހޯދާ