ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކެމްޕަހުގެ ހޯލުގައި ޕާޓިޝަންޖައި،ދޮރުތަކެއް ބަދަލުކުރުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި މަދަރުސާގެ ކެމްޕަހުގެ ހޯލުގައި ޕާޓިޝަން ޖަހައި ދޮރުތަކެއް ބަދަލު ކުރުމުގެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޑިސެމްބަރ 16 އިން 2018 ޑިސެމްބަރ 20 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ބޭނުންވާނެއެވެ.

2.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

22- ރަޖިސްޓްރީ ނަންބަރ:

2.3- އީމެއިލް އެޑްރެސް:

2.4- ގުޅޭނެ މޯބައިލް ނަންބަރު:

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 23 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޑިސެމްބަރ 24 ވާ ހޯމަ ދުވަހުގެ 13:00 ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 10:00 ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް  މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

13 ޑިސެންބަރު 2018
ހޯދާ