މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހަށް ކުއްޔައް ދޫކުރުމާއި ގުޅޭ

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

         އުނގޫފާރު، ދިވެހިރާއްޖެ                                 ނަމްބަރ: IUL)303-AS/303/2018/55)

 އިޢުލާން

މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހަށް ކުއްޔައް ދޫކުރުމާއި ގުޅޭ

              މިކައުންސިލްގެ ނަމްބަރ: (IUL)303-AS/303/2018/54 (25 ނޮވެމްބަރ 2018)ގެ އިޢުލާންގައި ބައެއް މައްސަ ހުރުމުން އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

              މަހަލްގޭގެ ދެކުނުގައިވާ ހުސްބިން 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދޫކުރުމަށް ނިންމާފައިވާތީ މިބިން ކުއްޔަ ހިފުމަށް ސައުގުވެރިވެ ލައްވާފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 1:00ގައި މިއިދާރާގައެވެ. މަހަލްގޭގެ ދެކުނުގައިވާ ކުލީބިމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މަހަލްގޭގެ ދެކުނުގައިވާ ހުސްބިން ކުއްޔައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ ކުލީބިމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ މަހަލްގޭގެ ދެކުނުގައިވާ ހުސްބިން ކުއްޔައް ދޫކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ހުށަހަޅާ އަގަށް                                      ( ފަންސާސް މާކުސް )
  • ކުރާ އިމާރާތުގެ ޑިޒައިން                                 ( ދިހަ މާކުސް )       
  • އިމާރާތް ނިންމާ ޚިދުމަތްދޭނެ މުއްދަތައް                         ( ވިހި މާކުސް ) 
  • އިންވެސްޓްމަންޓް ކަވަރ ކުރުމަށް ހުށައަޅާ ގޮތް އަދި ކުރާމަސައްކަތް         ( ދިހަ މާކުސް )
  1. މާލީތަނަވަސް ކަމަށް                                   ( ދިހަ މާކުސް )

                ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                  06  ރަބީޢުލްއާޙިރު   1440   

                  13  ޑިސެމްބަރ    2018    

13 ޑިސެންބަރު 2018
ހޯދާ