ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/116

ތާރީޚް: 12 ޑިސެންބަރު 2018

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް-2

ޢަދަދު

01

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ސެކްޝަން: ލީގަލް/މީޑިއާ

އަސާސީ މުސާރަ

-/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 6117/80 ރުފިޔާ (އަސާސީ މުސާރައިގެ %65)

- ސަރވިސް އެލަވަންސް: -/3,000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • އެކިއެކި ޤާނޫނީ މައްސަލަތަކާއި މަފްހޫމުތަކާއި މައުޒޫއުތަކާ ބެހޭގޮތުން ޤާނޫނީ ދިރާސާ ކުރުމާއި، ޑިޕާޓްމަޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެމަޢުލޫމާތު އާއްމުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ސެކްޝަނުން ތައްޔާރުކޮށް، ހިންގާ ހޭލުންތެރިކުރުމުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ޤާނޫނީ މަޢުލޫމާތު ހިއްސާކުރުމުގެ މަސައްކަތްކުރުން.
  • ކޯޓުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްގެން، ޤާނޫނީ ގޮތުން ވިސްނަންޖެހޭ ނުކުތާތައް ފާހަގަކޮށް، އެކަންކަމާ ބެހޭގޮތުން އެކިއެކި ހަރަކާތްތައް ހިންގާ، ހޭލުންތެރިކުރުމުގެ  މަޝްރޫއުތައް ފަރުމާކޮށް ހިންގުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކުވާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޗެކްކުރުމާއި، އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެއްވެސް ސެކްޝަނަކަށް ޤާނޫނީ ލަފައެއް ނުވަތަ އިރުޝާދެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ދިމާވެފައިވާ މައްސަލަ ފުރިހަމަޔަށް ދިރާސާކޮށް، ލަފަޔާއި އިރުޝާދު ދިނުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދާއި، އެހެނިހެން ވެސް ޝަރުޢީދާއިރާގައި ހެދިފައިހުރި އެފަދަ ޤަވާޢިދުތަކާއި އުޞޫލުތައް ދިރާސާކޮށް، އެޤަވާޢިދުތަކާއި އުޞޫލުތަކަށް އިސްލާހެއް ގެންނަންޖެހޭ ހާލަތްތަކުގައި އެކަމާގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި، އިސްލާހް ޑްރާފްޓްކުރުން ފަދަ މަސައްކަތްތައް ކުރުން.
  • މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ފަދަ އެކިއެކި ޤާނޫނުތައް ދިރާސާކޮށް، އެފަދަ ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭގޮތުން ޑިޕާޓްމަންޓުގެ އިދާރީ ބޭފުޅުންނަށް މައުލޫމާތު ދިނުމާއި ތާޒާ ކުރުމުގެ ބުރުތައް ރާވައި ހިންގުމުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާ ސަރކިއުލަރ، އާއްމު ސިޓީ، އަދި އެހެނިހެންވެސް އެފަދަ އެޑިކްޓްތަކުގެ ޑިރެކްޓްރީއެއް ބެލެހެއްޓުމާއި، އެ އެޑިކްޓްތަކާ ބެހޭގޮތުން ކޯޓުތަކަށް މައުލޫމާތު ފޯރުކޮށްދިނުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް ފަރާތަކާ ދެމެދު ޤާނޫނީ އަދި ޝަރުޢީ ޚުސޫމަތެއް އުފެދިއްޖެ ކޮންމެ ހިނދެއްގައި، އެ ޚުސޫމަތަކާ  މެދު ޑިޕާޓްމަންޓުން އަމަލުކުރަންވީ ގޮތަކީ ކޮބައިކަމާއި، އެ ޚުސޫމަތަކާ ގުޅިގެން ޑިޕާޓްމަންޓުން އުފުލަންޖެހޭ ޤާނޫނީ ޒިންމާތަކަކީ ކޮބައިކަމާއި، ޑިޕާޓްމަންޓަށް ލިބޭ ޤާނޫނީ ޙައްޤުތަކާއި އިޚްތިޔާތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް، އެކަމުގައި ޑިޕާޓްމަންޓަށް ޤާނޫނީ ލަފާ ދިނުން.
  •  ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް  ކުރިއަށްދާއިރު، އެމައްސަލާގައި ޑިޕާޓްމަންޓު ތަމްސީލުކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތައް އަދާކުރުން.
  •  އަލަށް ފަނޑިޔާރުކަން ދެވޭ ބޭފުޅުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި ސެކްޝަނުން އަދާކުރާ ޒިންމާތަކުގައި ބައިވެރިވެ، ސެކްޝަނުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  •  ދިވެހި ދަޢުލަތުގެ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޑިރެކްޓްރީއެއް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެޑިރެކްޓްރީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
  • ޤާނޫނީ ވަކީލުން ހުވާކުރުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭ ފަރާތްތަކުގެ ދަފްތަރު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  •  އައު ޤާނޫނުތައް ހެދުމަށްޓަކައި ތަޢާރަފްކުރެވޭ ބިލުތައް ދިރާސާކުރުމާއި، އޭގެ ތެރެއިން ޝަރުޢީދާއިރާއާ ގުޅުން ހުރި ބިލުތައް ފާހަގަކޮށް، އެބިލުތަކާ ބެހޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ލަފާދިނުން.
  •  ޝަރުޢީދާއިރާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމާއި، މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަރުޢީދާއިރާގެ ފަރާތުން ނެރެންޖެހޭ ބަޔާންތައް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ޑިސެންބަރު 23 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެސިސްޓެންޓް ލީގަލް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 40 ޕަސެންޓް
  • އިންޓަރވިއު: 12 ޕަސެންޓް

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
12 ޑިސެންބަރު 2018
ހޯދާ