މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން މީޑިއާ ކައުންސިލުން ޝާއިޢުކޮށް ނެރޭ ދިވެހި ނޫސްވެރިކަމުގެ 'އަލިމަސް ފޮތް' ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ކުރި މަސައްކަތަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެންބަރު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޑިސެންބަރު 2018 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

10 ޑިސެންބަރު 2018
ހޯދާ