ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތަ ކުރާނެފަރާތެއް ހޯދަން ބޭނުންވެއްޖެ

ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތަ ކުރާނެފަރާތެއް ހޯދަން ބޭނުންވެގެން، ކުރި މި ކައުންސިލްގެ ނަމްބަރ (IUL)395-02/395/2018/46  (25 ނޮވެމްބަރ 2018) އިޢުލާންނަށް އިޖާބަދީ، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.    

 

   ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތަ ކުރާނެފަރާތެއް ހޯދަން ބޭނުންވެއްޖެ

 

         ލެކްރެޑް ޕްރޮޖެކްޓްގެ އެހީލިބިގެން ލ.އިސްދޫ ގައި ޤާއިމް ކޮށްފައިވާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތް ތަކުގެ ތެރެއިން ،މިހާތަނަށް ނުނިމިހުރި މަސައްކަތްތަށް އަމިއްލަ  ތަކެތީގައި ލޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މިސައްކަތްތަށް އަމިއްލަ  ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެސްޓިމޭޓް ހުށައެޅުންވުންއެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި،  އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވަން ވާނީ ތިރީގައި މިދަންނަވާ ތާރީޚްތަކުގައެވެ.

 

  • މަޢުލޫމާތު ސާފުކުރުން: 16 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00 ގައި
  • އެސްޓިމޭޓް ހުށަހެޅުން: 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ  13:00 ގައި

           މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ، ޖަމާޢަތްތަކުންނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު، އެ ފަރާތް ހަމަޖެއްސިކަމުގެ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްތަކައި އިޢުލާން ކުރީމެވެ.

06 ޑިސެންބަރު 2018
ހޯދާ