ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލަށް އެކިކަންކަމުގައި ގާނޫނީ ލަފާ ދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ނައިފަރު ކައުންސިލްގެ މައްޗަށް ޝަރުޢީ ކޯޓްތަކުގައި ކުރާ ދަޢުވާތަކާއި،ނައިފަރު ކައުންސިލުން އެކި ފަރާތްތަކުގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން،މިފަދަ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ ޤާނޫނީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނާއެކު ހިމެނޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޤާނޫނީ ލަފާ ބޭނުންވާ ދާއިރާތަކާއި ކަންކަން

  • ނައިފަރު ކައުންސިލުން އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުންގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ބަޔާންތަކާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުން ކައުންސިލުން ފޯރުކޮށްދިނުމުން، އެފަދަ ލިޔުންތައް ދިރާސާކޮށް ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ހޯދުމަށް
  • އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުން ނައިފަރު ކައުންސިލްގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ބަޔާންތަކާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުން ކައުންސިލުން ފޯރުކޮށްދިނުމުން، އެފަދަ ލިޔުންތައް ދިރާސާކޮށް ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ހޯދުމަށް
  • ކައުންސިލާއި ގުޅޭ އެކިއެކި މައްސަލަތަކުގައި އެކިއެކި އިދާރާތަކާއި، ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުން ކައުންސިލްގެ މައްޗަށް ޖަވާބްދާރީވުމަށް އަންގާ ކަންކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް
  • ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ހިނގަމުން އަންނަ މައްސަލަތަކާއި ގުޅިގެން ކޯޓްތަކުން އަންނަ ކޯޓް ޢަމުރުތަކަށް ކޯޓަށް ޙާޟިރުވުމާއި، މައްސަލައާއި ގުޅޭ ބަޔާން ތައްޔާރުކުރުމަށް އެހީތެރިވެދިނުމަށް
  • ކައުންސިލުން ތައްޔާރުކުރާ އެކިއެކި ލިޔެކިއުން (ޤަވާއިދުތަކާއި އުޞޫލުތައް ފަދަ) ތަކަށް ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުން

މިކަންކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068، 6620163 އަދި 6620166 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ.

29 ނޮވެންބަރު 2018
ހޯދާ