މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
2018ވަނަ އަހަރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ހޯދުމާއި ގުޅޭ

2018ވަނަ އަހަރުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ބިލްތައް 2018 ޑިސެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުން އެދެމެވެ.

މިގޮތުން، 2018ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި މި މިނިސްޓްރީއަށް ބިލް ހުށަހަޅުއްވައި ޕޭމްންޓް ލިބިފައިނުވާ ފަރާތްތަކުން މިނިސްޓްރީއަށް ބިލް ލިބިފައިވާކަން ޔަޤީންކޮށްދެއްވުން އެދެމެވެ. އަދި، މިނިސްޓްރީއަށް ބިލް ލިބިފައިނުވާނަމަ މަތީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން މި މިނިސްޓްރީއަށް ބިލް ހުށަހެޅުއްވުން އެދެމެވެ.

ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00އިން ފެށިގެން މެންދުރުފަހު 14:00ގެ ނިޔަލަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގުގެ ކައުންޓަރުންނެވެ.

އަދި ދަންނަވަމެވެ. 2018ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކުގެ ބިލްތައް 2018 ޑިސެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިލްތައް މި ތާރީޚްގެ ފަހުން ބަލައިގަނެވެން ނެތްކަމުގައި އަންގަވަމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ procurement@housing.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

27 ނޮވެންބަރު 2018
ހޯދާ