މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީންތަކާއި ގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިއަށް ގެންދަވާ އަސްކަރީ ތަމްރީންތަކެއް 2018 ނޮވެންބަރު 29 ވަނަ ދުވަހުގެރޭ 18:00 އިން 23:59 އަށް ޅ. މާފިލާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި  ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ. މާފިލާފުށި އިރުމަތި ފަރާތުން 2000 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 2000 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

19 ރަބީޢުލްއައްވަލް 1440

27 ނޮވެންބަރު 2018

27 ނޮވެންބަރު 2018
ހޯދާ