މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 މޮނިޓަރުންނަށް ހުޅުވާލުން

ނަންބަރު: 14/IUL)425-CB/1/2018)

 

އިޢުލާނު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 މޮނިޓަރުންނަށް ހުޅުވާލުން

      ޑިސެމްބަރ 15، 2018 ވާ ހޮނިހިރު، ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ.

      މިއިންތިޚާބު މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

     1- 18 އަހަރު ފުރިހަމަ ވެފައިވާ މީހެއް ކަމުގައިވުން

     2- ޖިނާއީ ކުށެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން

     3- ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ ޚަބަރު ފަތުރާ ވަސީލަތެއްގައި މަސައްކަތްކުރާ މީހެއް ކަމުގައިވުން

     4- އިންތިޚާބުގެ ކަންތައްތައް ހިންގުމަށް ހަވާލުވެގެން ހުރި އޮފިޝަލެއް ކަމުގައި ނުވުން.

      ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު، އެ ނޫސް މަޖައްލާއެއް ނުވަތަ އޭޖެންސީއެއްގެ ފަރާތުން ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް، މި އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސް ދޫކުރެވޭނީ މި ކައުންސިލް ހިމެނޭ ދާއިރާގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ފާހުގެ ޢަދަދު އިތުރުނުވާ ގޮތެއްގެ މަތިންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މި އިދާރާގެ މާފަންނު އޮފީހުން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާގެ މާފަންނު އޮފީހުންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                         17 ރަބީޢުލްއައްވަލް 1440

                                         25 ނޮވެމްބަރ    2018

25 ނޮވެންބަރު 2018
ހޯދާ