މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުން

ނަންބަރު: 15/IUL)425-CB/1/2018)

                                                    

އިޢުލާނު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުން

      ޑިސެމްބަރ 15، 2018 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ބާއްވާ، އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންނަށް އެކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

      މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނަނިވި ޝަރުތުތައް ހުންނަންވާނެއެވެ.

   1- އުމުރުން 18 (އަށާރަ ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

   2- ޖިނާއީ ކުށެއްގެ ހުކުން ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.

   3- އިންތިޚާބާއި ބެހޭ މަސައްކަތް ކުރުމަށް ހަވާލުވެފައިވާ މީހެއް ކަމުގައި ނުވުން.

   4- ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.

   5- ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ މީހެއް ކަމުގައި ނުވުން.

      ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، އެކެންޑިޑޭޓަކު ކުރިމަތިލާ ދާއިރާގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަނުކުރެވިދާނެއެވެ.

މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން، އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާގެ މާފަންނު އޮފީއަށް ހުށަހަޅަންވާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާގެ މާފަންނު އޮފީހުންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                           17 ރަބީޢުލްއައްވަލް 1440

                                           25 ނޮވެމްބަރ    2018

25 ނޮވެންބަރު 2018
ހޯދާ