ރ. ފައިނު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ނަންބަރު 01/E12C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށްޓަކައި އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެއާއި ހަރުގޭގައިވާ އެންމެހާ ތަކެތި ވިއްކާލުމާބެހޭ.

c

 

މާޅޮސްމަޑުލު އުތުރުބުރީ ފައިނު މެޖިސްޓްރޭޓް ކޯޓް

            ރ.ފައިނު،

          ދިވެހިރާއްޖެ                     ނަންބަރު: E14C/2018/06        

 

 

މިކޯޓުގެ ނަންބަރު 01/E12C/2016 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށްޓަކައި އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެއާއި ހަރުގޭގައިވާ އެންމެހާ ތަކެތި ވިއްކާލުމާބެހޭ.

 

                  އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ފައިސާ ހޯދުމަށް އެދި ދައުލަތުން ދަޢުވާކުރުމުން ބެލުނު މިކޯޓުގެ ނަންބަރު 01/E14C/2016 ޤަޟިއްޔާގެ ޙުކުމް، މިކޯޓުގެ ނަންބަރު 01/E14C/2017 ޤަޟިއްޔާއިން ތަންފީޛު ކުރުމަށްޓަކައި، އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ޢިމާރާތްކޮށްފައިވާ ތީރީގައި ދެންނެވިފައިވާ ހަރުގެ އާއި ހަރުގޭގައިވާ އެންމެހާތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަމުގައި ވިއްކާލުމަށްބޭނުންވާ މުދަލުގެ ތަފްޞީލް:

ސުމާރު ނަންބަރު

ތަކެތީގެ ޢަދަދު

ތަފްޞީލް

 ފެށޭއަގު

01

01

އިންޑަސްޓްރިއަލް މަސައްކަތެއް ކުރުމަށްޓަކައި ހަދާފައިވާ ހަރުގެ

200,000.00ރ.

02

01

ބަންނަން ފަށާފައިވާ ފައިބަރު ދޯނި (65 ފޫޓް)

1300,000.00ރ.

03

01

ފައިބަރު ދޯނި ބަނުމަށް ހަދާފައިވާ މޯލްޑް (65 ފޫޓް)

350,000.00ރ.

04

118

ފުލައިވުޑް ފިލާ (06mm)

7866.67ރ.

05

01

ޑީސަލް ޖެނެރޭޓަރ (ބްރޭންޑް: MG131S، 30kw)

283,333.33ރ.

 

ނޯޓު: ނީލަމުގައި ވިއްކާލުން ފެށޭ އަގުގެ ގޮތުގައި މަތީގައި ކަނޑައަޅާފައިވާ އަގުތަކަކީ މިކޯޓުގެ ޝަރުޢީ އަގުކޮމެޓީއިން އެތަކެތި ވިއްކާލެވޭނެކަމަށް ކަނޑައަޅުއްވާފައިވާ އަދި އެތަކެތި ވިއްކާލުމަށް މުދަލުގެ ވެރިފަރާތުން އެއްބަސްވެފައިވާ އަގެވެ. އިސްވެދެންނެވުނު ހަރުގެއާއި އެތަނުގައި ހުރި ތަކެތި ބައްލަވަން ބޭނުންފުޅެވެލައްވާ ފަރާތްތަކުން މި އިޢުލާނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހެނދުނު 10:00 އާއި މެންދުރު ފަހު 13:00 އާ ދެމެދު މި ކޯޓަށް ވަޑައިގެން، މިކޯޓުން ހަމަޖައްސާފައިވާ އިންތިޡާމްގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

ވިއްކާލުމުގެ ތަފްޞީލް:

ވިއްކާލުމަށް ހުޅުވާލި ތާރީޚް: 15 ނޮވެމްބަރު 2018މ.

މުއްދަތު ހަމަވާ ތާރީޚް: 22 ނޮވެމްބަރު 2018މ.

ބިޑްކުރާނެ ތަން: ރ.ފައިނު މެޖިސްޓްރޭޓް ކޯޓު

 

އަގު ހުށަހެޅުން:

މުދާ ގަތުމަށްއެދި ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހެނދުނު 09:00 އާއި 13:30 އާ ދެމެދު ރ.ފައިނު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި "އޯސަމް ބޯޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި ޢިމާރާތްކޮށްފައިވާ ހަރުގެއާއި ހަރުގޭގައިވާ ތަކެތި ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

އަމިއްލަ ފަރުދެއްނަމަ: -އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް (ހުށަހަޅާ ފަރާތުގެ ފޯނު ނަންބަރާއެކު).

              -ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުންފުންޏެއްނަމަ:    -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތްކުރައްވާނެ ފަރާތަށް ގުޅޭނެ ފޯނު ނަންބަރު ހިމެނޭހެން އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

               -ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ.

               -މި ނީލަމާ ގުޅިގެން ރ.ފައިނު މެޖިސްޓްރޭޓް ކޯޓާ މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާކަން އެނގޭނެ ކުންފުނީގެ ޤަރާރު.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ރ.ފައިނު މެޖިސްޓްރޭޓް ކޯޓުގެ ފޯނު ނަންބަރު 6580257 (އީމެއިލް: r.fainu@judiciary.gov.mv) އަށް ގުޅުއްވުން އެދެމެވެ.

 

            07 ރަބީޢުލްއައްވަލް 1440ޙ

            15 ނޮވެމްބަރު 2018މ

                 

15 ނޮވެންބަރު 2018
ހޯދާ