ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
security outsource

އިޢުލާން

  

ޖަލާލުއްދީން ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމާއި ގުޅޭ

  ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް  މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، 2019 ޖެނުއަރީ 01 ން  2019 ޑިސެމްބަރ 31 ގެ ނިޔަލަށް  މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2018 ނޮވެންބަރު 18 ވާ އާދީއްތަ ދުވަހުގެ 11:00 ށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ނޮވެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހާ ފޮނުއްވިފަރާތުގެ ލިޔުމަކާއި،ބަދަލުގައި އަންނަމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

Û އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6528815 ނަންބަރު ފޯނަށެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޞަފަރު 1440

06 ނޮވެންބަރު 2018

06 ނޮވެންބަރު 2018
ހޯދާ