މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީއިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި ކުރަމުންދާ މަސައްކަތްތައް މޮނިޓަރ ކުރުމަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް އިޢުލާން ކުރަމެވެ. 

މަޤާމް:

ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

ލ.ކަލައިދޫ

ވަޒީފާގެ މުއްދަތު:

ކޮންޓްރެޓް ކުރާ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް 

މުސާރަ:

   ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 7000

ޝަރުތު:

1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން

2- ލ. ކަލައިދޫ ގައި ދިރިއުޅެމުންދިއުން

3- 18 އަހަރާއި 35 އަހަރާއި ދެމެދު ގެ މީހަކަށްވުން

4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން)

5- 01 އަހަރުގެ މުއްދަތަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން (ޕްރޮބޭޝަންގެ ގޮތުގައި 3 މަސްދުވަހުގެ މަސައްކަތް ބެލުމަށްފަހު ކޮންޓްރެކްޓް އިތުރު ކުރެވޭނެއެވެ.)

6- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެނގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން

7- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން

8- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމްތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި ޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 އަށް ގުޅުއްވުނެ އެދެމެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކޮށް ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލަށް ނުވަތަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ. 

ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

[email protected]

04 ނޮވެންބަރު 2018
ހޯދާ