މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

            ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން، ޚާއްސަ ހަފްލާއެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

1. ތަން ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް)

2. ހަފްލާއަށް ވަޑައިގަންނަވާ ބޭފުޅުންގެ ކޭޓަރިން  

3. ހަފްލާގެ ފޮޓޯ ނެގުން     

4. ނޫސްވެރިކަމުގެ އިނާމް (އެވޯރޑް) ތައްޔާރު ކޮށްދިނުން                                 

ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެންބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

23 ޞަފަރު  1440

01  ނޮވެންބަރު 2018          

01 ނޮވެންބަރު 2018
ހޯދާ