ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
Security balahattaane myhegge

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 18 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ޖަމްއިއްޔާ ތަކާ ބެހޭ ޤާނޫނު ނަންބަރު ( 2013 / 1 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާއަތްތަކަށެވެ.

  ވިމާ 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

  އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6780573 ނުވަތަ 7906486 އާއި ގުޅުއްވުން އެދެމެވެ.

30 އޮކްޓޯބަރ 2018

31 އޮކްޓޫބަރު 2018
ހޯދާ