ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގޭބިސީތަކުން ޚިދުމަތް ހުއްޓާލުމާއި މަޢުލޫމާތު ބަދަލުކުރުމަށް އެދުމާގުޅޭ

 ސަރކިއުލަރ

WAMCO-CRD/CIR/2018/002

ގޭބިސީތަކުން ޚިދުމަތް ހުއްޓާލުމާއި މަޢުލޫމާތު ބަދަލުކުރުމަށް އެދުމާގުޅޭ

ގޭބީސީތަކުން ހޯދަމުން އަންނަ ވެމްކޯގެ ޚިދުމަތް ހުއްޓާލުމަށް ބޭނުންވާނަމަ، އަދި ޚިދުމަތް ހޯދަމުންދިޔަ އެޑްރެސް، ޚިދުމަތް ހޯދަމުން ދިޔަ ފަރާތުގެ ފޯނު ނަންބަރު ނުވަތަ އީމެއިލް އައިޑީ ބަދަލުވެއްޖެނަމަ، 'ކުނި ނެގުމުގެ ޚިދުމަތަށް އެދޭ ފޯމު' ގައި އެކަމަށް ކަނޑައަޅާފައިވާ ބައި ފުރިހަމަކުރުމަށްފަހު، ތިރީގައިވާ މުއްދަތުގެ ތެރޭގައި ވެމްކޯއަށް ހުށަހަޅަންވާނެއެވެ.

  • ޚިދުމަތް ހުއްޓާލުމަށް ބޭނުންވާނަމަ، ޚިދުމަތް ހުއްޓާލުމަށް ބޭނުންވާ ތާރީޚުގެ 5 ދުވަސް ކުރިން ފޯމު ހުށަހަޅަންވާނެއެވެ.
  • ޚިދުމަތް ހޯދަމުންދިޔަ ފަރާތުގެ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ، 5 ދުވަހުގެ ތެރޭގައި ފޯމު ހުށަހަޅަންވާނެއެވެ.

ފޯމު ހުށަހަޅާއިރު، ޚިދުމަތް ހޯދަމުންދިޔަ އެޑްރެހުގައި ހުރި ހުރިހާ ބިލަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށްފަހު، އެންމެފަހުގެ ބިލަށް ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ޚިދުމަތް ހުއްޓާލުމަށް އެދުނު އެޑްރެހުގައި ހިނގަމުންދާ މަހުގެ ދުވަސްތަކެއް ވާނަމަ އެ ދުވަސްތަކަށް އެ މަސް ނިމުމުން ބިލް ތައްޔާރުވާނެއެވެ. އަދި އެ ބިލަށް ފައިސާ ދައްކަން ވާނެއެވެ. ހުއްޓާލުމަށް ބޭނުންވާ މުއްދަތާ ހަމައަށް އެޑްވާންސްކޮށް ވެސް ފައިސާ ދެއްކޭނެއެވެ.

'ކުނި ނެގުމުގެ ޚިދުމަތަށް އެދޭ ފޯމު' ވެމްކޯގެ ހެޑް އޮފީހާއި، ކަސްޓަމަރ ފްރަންޓް އޮފީސްތަކުންނާއި ވެމްކޯގެ ވެބްސައިޓް www.wamco.com.mv އިން ލިބޭނެއެވެ.

މި ސަރކިއުލަރއަށް ޢަމަލުކުރަން ފަށާނީ 15 އޮކްޓޫބަރު 2018 އިން ފެށިގެންނެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 1666 ގުޅުއްވުން އެދެމެވެ.

06 ޞަފަރު 1440
15 އޮކްޓޫބަރު 2018

29 އޮކްޓޫބަރު 2018
ހޯދާ