މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ރަސްމާދޫ މަސްޖިދުލް އަމީނުގެ ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.

ނަމްބަރ : IUL)306/306/2018/38)

 

އިޢުލާން

 

 ރ. ރަސްމާދޫ މަސްޖިދުލް އަމީނުގެ ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ  ފަރާތެއް ހޯދުމާބެހޭ.

            މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރ. ރަސްމާދޫ މަސްޖިދުލް އަމީނު (ހުކުރު މިސްކިތުގެ) ގޯތި ތެރޭގައިި 03 ފެންއިސްކުރު ހަރުކޮށް، ފެންވައިރު ކުރުމާއި،  ކުރެހުމުގައިވާ ގޮތަށް ގަސް އިންދާ ބެޑްތައް އެޅުމާއި، މިސްކިތު ގޯތިތެރޭގައި ގައު އެތުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

            ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިމަސައްކަތަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ބީލަންް ހުށަހެޅުން

04 ނޮވެމްބަރ 2018،( އާދީއްތަ ) ދުވަހު 11:00 (ހެނދުނު)

08 ނޮވެމްބަރ 2018، ( ބުރާސްފަތި ) ދުވަހު 11:00 (ހެނދުނު)

            މަޢުލޫމާތުދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ބޭފުޅުން ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުން ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ.

            އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ބިޑް ޑޮކިޔުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެވާހަކަވެސް ދަންނަވެމެވެ.

            މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

            އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1-   މަސައްކަތުގެ އަގު (60 އިންސައްތަ)

2-   މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3-   މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4-   މި ފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ،  މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2018
ހޯދާ