އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވޭސްޓް މެނޭޖްމަންޓް ސެންޓަރ)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު (ވޭސްޓް މެނޭޖްމަންޓް ސެންޓަރ)

ބޭނުންވާ އަދަދު:

1 (އެކެއް)               

މަޤާމުގެ ގިންތި (މުއްދަތު):

ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

މުއްދަތު އިތުރުކުރުން:

މިމަޤާމަށް ނެގޭ މުވައްޒަފު މަސައްކަތަށް ފަރުވާތެރިނަމަ މުއްދަތު އިތުރު ކުރެވޭނެއެވެ.

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަސައްކަތު ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު

މުސާރަ:

4،000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1،000.00 ރުފިޔާ

އިތުރުގަޑީ ފައިސާ:

ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނި އުފުލުމާއި ކުނިކޮށްޓަށް ކުނި އުކާލެވެނީ ކުންޏާބެހޭ ބެހޭ ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުން.
  2. ނައްތާލެވޭ ކުނިބުނި ނައްތާލެވެނީ ކުންޏާބެހޭ ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމާއެކަން ކަށަވަރުކުރުން.
  3. ކުނިކޮށީގެ މެޝިނަރީޒްތައް ބެލެހެއްޓުން.
  4. ކުނިކޮށްޓަށް އުކުމަށް ގެންދާ އަމިއްލަ ކުނިބުންޏަށް ކަނޑައެޅިފައިވާ އަގުތަކަށް ބިލް ހެދުމާއި ފައިސާ ނެގުން. އަދި ކުނިކޮށިން ނެގޭ ފައިސާ ރައްކާތެރިކަމާއެކު ކައުންސިލަށް ދެއްކުން.
  5. ކުނި ނެގުމުގެ މަސައްކަތަށް ބާރުބޮޑުވާ ދުވަސްތަކު ކުނިނެގުމުގެ މަސައްކަތް ކުރުން.
  6. ވޭސްޓްމެނޭޖްމަންޓް މަސައްކަތަށް ގެނެސްފައިވާ ބިދޭސީ މުވައްޒަފުންގެ ޙާޟިރީ ބެލުމާއި މަސައްކަތް ކުރާ ނުކުރާ ގޮތް ބެލުން.
  7. މީގެ އިތުރުންވެސް ކުނި މެނޭޖްކުރުމާގުޅޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި، ގިނަ ވަގުތު އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން. ވަޒީފާ ހަމަޖެއްސުމުގައި ޕިކަޕް ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

                ވީމާ، މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން؛ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ތަމްރީން ޕްރޮގްރާމްތަކުގެ ސެޕްފިކެޓްތަކުގެ ކޮޕީއާއި، މަސައްތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީއާއެކު ސިޓީއަކުން 2018 އޮކްޓޫބަރު 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 އޮކްޓޫބަރު 2018
ހޯދާ