ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)

ތިރީގައި މިވަނީ މިޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޫބަރު 2018 ވާ ބުދަ ދުވަހުގެ 13:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު ހޯއަދެވުމަށް ގުޅުއްވާނީ އަލްފާޝިލް ޢާޞިމް ޢަބްދުއްސައްތާރު (ފޯން: 3345281، އީމެއިލް: [email protected]) އަށެވެ.

 

 ފެކަލްޓީ އޮފް އާޓްސް

 

ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް)

ތަޢާރަފް

އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) ގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، އިޚްތިޔާރުކުރެވިދާނެއެވެ.

  • މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް First language acquisition and development-
  • ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން Second language acquisition and learning -
  • ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް Bilingualism -
  • ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން Language Policy and Planning -  
  • ބަހުގެ ފެންވަރުބެލުން  Language Assessment –
  • ދިވެހިބަހުގެ ސްޓްރަކްޗަރ – Structure of Dhivehi Language
  • ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން

  Analysis of written, spoken and multimodal texts

ކޯހުގެ ޖާގަ: ކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔަރ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތީންނެވެ.

ކޯހުގެ މުއްދަތު :3 އަހަރު

 

ކޯހަށް ވަނުމުގެ ޝަރުޠު

  1. އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން. (Bachelor’s Degree with first class Honours) އަދި
  2. ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
  3. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
  • ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

 

  • ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

http://mnu.edu.mv/wp-content/uploads/2016/10/Initial-PhD-Proposal-with-Application.-A-Sample.pdf

 

  • ކޯހަށްވަނުމަށް އެދޭ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެއްވޭނެ އެވެ.

http://mnu.edu.mv/wp-content/uploads/2016/10/Application-Form_Revised-05-04-2018-1.pdf

 

  • ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 10620.00 (ދިހަހާސް ހަސަތޭކަ ވިހި) ރުފިޔާ އެވެ. ފީ ތަކާ ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

http://mnu.edu.mv/course-fees

 

11 އޮކްޓޫބަރު 2018
ހޯދާ