ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުނ

އިޢުލާން

 

އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލް ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޓްރެކް ހެދުމަށް

ހަމަޖައްސާފައިވާ ބިމުގައިހުރި ރުއްގަސް ނީލަން ކިޔަން ބޭނުންވެއްޖެ.

 

އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލް ދުއްވުމުގެ ޓެސްޓް ދިނުމަށްޓަކައި، ވޭމަންޑޫ އިންޖީނުގޭގެ ދެކުނުފަރާތުން ހަމަޖައްސާފައިވާ

ބިމުގައިހުރި ރުއްގަސްތައް ނީލަން ކިޔަން ބޭނުންވެއްޖެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޯބަރ 2018 ވަނަ

ދުވަހުގެ 10:00 އަށް، އެސަރަޙައްދަށް ވަޑައިގެން ދެއްވުން އެދެމެވެ. 

ރުއްގަސް ނީލަން ކިޔަމުންދާއިރު ނީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 05 ( ފަހެއް )

ރުފިޔާއެވެ. ނީލަމުން ނަގާ ތަކެތި ގެންދަންވާނީ ނީލަމުން ނަގާފައިވާ އަގު މިއިދާރާއަށް ދެއްކުމަށްފަހުއެވެ. މި ނީލަމަކީ ރުއްގަސް

ހިމެނޭ ނީލަމަކަށްވާތީ، ރުއްގަސް ނީލަމުން ނަގާ ފަރާތްތަކުން އެ ރުއްގަހުގެ ބުޑާއެކު ނެގުމަށްފަހު، އެތަކެތި 25 އޮކްޓޯބަރ 2018 ދުވަހުގެ

ކުރިން އެސަރަޙައްދުން ބޭރުކުރަންވާނެއެވެ. އެމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި މިއިދާރާގެ ފަރާތުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6780700 ، 9966030 ނަންބަރަށެވެ.

               29 މުޙައްރަމް  1440 ހ

               09 އޮކްޓޯބަރ  2018 މ

09 އޮކްޓޫބަރު 2018
ހޯދާ