ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިރިހެނުންގެ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ހދ. އަތޮޅަށް އަމާޒުކޮށްގެން ހދ. ފިނޭގެ ވައި ސްޕޯރޓްސް އެންޑް ރިކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ވީ އެސް އާރ ސީ ފިރިހެނުންގެ ވޮލީ ބޯޅަ މުބާރާތް 2018" ގައި  ކުޅުދުއްފުށީގެ ފިރިހެނުން ވޮލީޓީމެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޓީމަށް ކުޅުމަށް ބޭނުންވާ ކުޅުންތެރިން 15 އޮކްޓޯބަރ 2018 ގެ ކުރިން 9945508 ނަންބަރަށް ނަމާއި އެޑުރެސް އަދި ފޯން ނަންބަރ އެސް.އެމް.އެސް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9945508 ނުވަތަ 7776072 އަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2018
ހޯދާ