މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ފެރީޓާމިނަލް އަމިއްލައަށް ކުރަހާ ބީއޮކިއުހަދާ ތަރައްޤީކޮށް ހިނގުމަށް އެންމެ ރަގަޅު ޕްރަޕޯސަލް ހުށަހަޅާފަރާތަކަށް 10 އަހަރު ދުވަހަށް ފެރީޓާމިނަލް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ 2797:04 އަކަފޫޓުގެ ބިން ދޫކުރުމަށް ބޭނުންވެއްޖެއެވެ.

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                            ނަންބަރު: IUL)303-AS/2018/43)           

އިޢުލާން

 

މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ފެރީޓާމިނަލް އަމިއްލައަށް ކުރަހާ ބީއޮކިއުހަދާ ތަރައްޤީކޮށް ހިނގުމަށްއެންމެ ރަގަޅު ޕްރަޕޯސަލް ހުށަހަޅާފަރާތަކަށް 10 އަހަރު ދުވަހަށް ފެރީޓާމިނަލް އިމާރާތްކުރުމަށް ކަނޑައަޅާފައިވާ 2797:04 އަކަފޫޓުގެ ބިން ދޫކުރުމަށް ބޭނުންވެއްޖެއެވެ.

         މިއިދާރާގެ ނަމްބަރ: IUL)303-AS/2018/25)  ގެ އިޢުލާނައް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.          

           މިކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ފެރީޓާމިނަލް 2797:04 އަކަފޫޓްގެ ބިމުގައި ކުރަހާ ބީއޮކިއުހަދާ އެންމެ ރަގަޅު ޕްރަޕޯސަލް ހުށަހަޅާފަރާތަކަށް 10 އަހަރު ދުވަހަށް ފެރީޓާމިންނަލް ބިން ކުއްޔަކާއިނުލާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ފެރީޓަރމިނަލްގެ ގްރައުންޑް ފްލޯގައި300  މީހުންނަށް ޙިދުމަތް ދެވޭގޮތައް ހުރުމާއި ފިރިހެން ފާޚާނާ 3 އަންހެން ފާޙާނާ 3 އެމެޖެންސީ ރޫމެއްހުރުން އޮފީސް ބައެއްހުރުން ގުދަނެއްހުރުން އެމްބިއުލާންސް އެމަޖެންސީގައި ވިއްސާރައިން ސަލާމަތްވެ ބަލިމީހާ އަރުވާ ބޭލޭނެގޮތް ހުރުން ފިހާރައެއް ހުރުން ފެނާއި ކަރަންޓް ސޮޕް ޓާމިނަލްގައި ވަކިވެފައިހުންނަންވާނެއެވެ. ފެރީޓާމިނަލް އިމާރާތް ކުރެވޭ ބިމުގައި ހަދާ އިމާރާތުގެ މައްޗައްނެގޭ ބައިތަކަކީ 10 އަހަރުދުވަހުގެ މުއްދަތައް ކުލިނުނަގާގޮތަށް ދޫކުރެވޭ ބައެކެވެ. ފެރީ ޓާމިނަލާއި ގުޅޭ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. ފެރީޓާމިނަލް އިމާރާތްކޮށް ނިންމާ ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޫބަރ 2018 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ފެރީޓާމިނަލް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލަށް ތަރައްޤީކުރުމަށް ނިންމާފައިވާ ފެރީޓާމިނަލް ހެދުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ފެރީޓާރމިނަލްގެ މަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ފެރީޓާމިނަލް ހެދުމަށް ހުށަހަޅާ ޕްރަޕޯސަލް          %70
  • ޓާމިނަލްގެ ޑިޒައިން   %20
  • ޓާމިނަލްގެ ވިއު   ( ފަސް ޕަސަންޓް )  
  • ޓާމިނަލްގެ ފެންވަރު   %25
  • އިންވެސްޓްމަންޓް ކަވަރ ކުރުމަށް ހުށައަޅާ ގޮތް އަދި ކުރާމަސައްކަތް %20

 

  1. ފެރީޓާމިނަލް އިމާރާތްކޮށް ނިންމުމަށް ހުށަހަޅާ މުއްދަތައް  %20
  2. މާލީތަނަވަސް ކަމަށް ( ދިހަ ޕަސަންޓް )

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

           22  މުޙައްރަމް  1440     

       

 

        

 

02 އޮކްޓޫބަރު 2018
ހޯދާ