މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތް: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް.

 މި އިއުލާނޭއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސާއި އެއްގޮތަށް މިކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 މަސައްކަތުގެ އަގު:  ދެ ފަރާތުން އެއްބަސްވާ އަޤެއް

ބޭނުންވާ އަދަދު: 1 (އެކެއް)

ޝަރުތު:

  • ސޯޝަލް މީޑިއާ މާކެޓިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗަލަރސް ޑިގްރީ ނުވަތަ އެފެންވަރުގެ ސަނދެއް ޙާސިލްކޮށްފައިވުން.
  • މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް: 

  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތައުލީމާ ތަމްރީނު
  • ސޯޝަލް މީޑިއާ މާކެޓްކޮށް ކޮންޓެންޓް ތައްޔާރުކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • އިންޓަވިއު

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  3. މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު.

 ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު،12 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހު 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 15:00އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.

17 ޛުލްޙިއްޖާ 1439

28 އޮގަސްޓު 2018

28 އޮގަސްޓް 2018
ހޯދާ