މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް މީޑިއާ ރިސާޗް އޮފިސަރ

އިޢުލާން 

ތިރީގައި ދެންނެވިފައިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:               އެސިސްޓެންޓްމީޑިއާ ރިސާޗް އޮފިސަރ

ރޭންކް:               އެސިސްޓެންޓް ސިވިލް އޮފިސަރ

ކްލެސިފިކޭޝަން:          ސަޕޯރޓް އޮފިސަރސް

މުސާރަ:                މަހަކު5,400/- ރުފިޔާ

ސަރވިސް އެލަވަންސް:      މަހަކު 3,500/-  ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:   މަހަކު 2,430/-  ރުފިޔާ

ބޭނުންވާ އަދަދު:            01

މަސައްކަތް ކުރަންޖެހޭ ތަން:    ހެޑް އޮފީސް

ކޮންޓްރެކްޓް މުއްދަތު:        03 އަހަރު

ފެންވަރު ނުވަތަ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުމާއެކު، އޯ ލެވެލްއިން އިނގިރޭސި އަދި ދިވެހި މި ދެ މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ނުވަތަ ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ސެޓްފިކެޓް ލެވެލް ކޯހެއް ފުރިހަމަ ކޮށްފައިވުން.
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު،  މަޤާއި ގުޅޭ ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި އޯ ލެވެލް އިން އިނގިރޭސި އަދި ދިވެހި މި ދެ މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ނުވަތަ ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ސެޓްފިކެޓް ލެވެލް ކޯހެއް ފުރިހަމަ ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މި ސަރވިސްއިން ކުރިއަށްގެންދާ ޙަފުލާތަކާއި އިވެންޓްތަކާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން  
  2. ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ޝާޢިއުކުރުން  
  3. ދިވެހި އަދި އިނގިރޭސި ލިޔުންތައް ތަރުޖަމާކުރުން
  4. މި ސަރވިސްގެ މަޢުލޫމާތު އާންމުންނަށާއި މީޑިއާތަކަށް ދިނުމުގެގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުން.
  • މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން.

- މަޤާމާއި ގުޅޭ ދާއިރާއިން ކިޔަވާފައިވުން.

- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު. 

އިންޓަރވިއު ކުރުން:

- މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

-   މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާ އެކު 04 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.

-   ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-   ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯން ނަންބަރު: 3026115/ 3026114

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

-          ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

-          ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

-          ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

-          އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

-          ޕޮލިސް ރިޕޯޓް

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

27 އޮގަސްޓް 2018

27 އޮގަސްޓް 2018
ހޯދާ