ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ބިއުރޯ އެގްޒެކްޓިވް

މަޤާމް :ބިއުރޯ އެގްޒެކްޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                           

މަޤާމް

ބިއުރޯ އެގްޒެކްޓިވް

އަސާސީ މުސާރަ

މަހަކު -/6950 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 5

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެގްޒެކްޓިވް ބިއުރޯ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.ސީ އޭ ލެވެލް އިމްތިހާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާ މަޤާމާގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އެގްޒެކްޓިވް ބިއުރޯގެ ކޮންޓެންޓާ ގުޅުން ހުރި މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް އިސްމެނޭޖްމަންޓުގެ ލަފާގެ މަތިން ކުރުން
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި ކުރަންޖެހޭ އެކި މުޢާމަލާތްތައް ކުރެއްވުމާއި އެކަންކަމުގައި އެހީތެރިވުން
  • މީޓިންގތައް ޝެޑިއުލް ކުރައްވައި އިންތިޒާމް ކުރެއްވުމާއި، މީޓިންގ ރެކޯޑްތައް ބެލެހެއްޓުން.
  • ބިއުރޯގެ ފަރާތުން ބާއްވާ މީޓިންގތަކުގެ ޔައުމިއްޔާ ލިޔުން
  • އިސްމެނޭޖްމަންޓުން އަންގަވާ އެހެނިހެން ރަސްމީ މުއާމަލާތްތައް ކުރެއްވުން.
  • އެގްޒެކްޓިވް ބިއުރޯއާއި ކުންފުނީގެ އެންމެ އިސް މަސައްކަތުގައި އެހީތެރިވުމާއި، ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްކުރުން.
  • ކޮންޓެންޓާއި ގުޅުންހުރި ކަންކަން މެނޭޖްމެންޓުގެ ލާފާގެ މަތިން މަސައްކަތްކުރުން
  • އޮފީހުގެ އެހެނިހެން ކަންކަމުގައި ބައިވެރިވުމާއި އެއްބާރުލުން ދިނުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޮގަސްޓް 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

                        16 ޛުލްހިއްޖާ 1439

27 އޮގަސްޓް 2018
ހޯދާ