ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފުޓްބޯޅަ ބޭސިކް ރެފްރީސް ކޯސް 2018

01 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހު މާލޭގައި "ފުޓްބޯޅަ ބޭސިކް ރެފްރީސް" ކޯސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 25 އަހަރުގެ (އަންހެން / ފިރިހެން) ބޭފުޅުންނަށެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު އެފް.އޭ.އެމްގެ ރިސެޕްޝަނަށް ހުށަހަޅަންވާނެއެވެ.  ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ -/1،500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އެވެ.  

 

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ދެމެދު ލިބެން ހުންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

02 ޛުލްޙިއްޖާ 1439

13 އޯގަސްޓް 2018

13 އޮގަސްޓް 2018
ހޯދާ