ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފްކޮށް ބަލަހައްޓާދޭނެ މީހުން ހޯދުން

                 ނަމްބަރ: IUL)244-ESMSMS/244/2018/41

            އިޢުލާން

           ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2018/38 (23 ޖުލައި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

           އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 09:00 އިން 13:00 އަށް މިއިދާރާގެ ނަމްބަރު 6500104 ފޯނަށް ގުޅުއްވުން އެދެމެވެ. 

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 އޮގަސްޓް 2018
ހޯދާ