މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

       އުނގޫފާރު، ދިވެހިރާއްޖެ                     

ނަމްބަރ: IUL)303-AS/303/2018/34)   

 އިޢުލާން

ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

             ދިރިއުޅުމަށްޓަކައި  މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މިއިޢުލާނާއިއެކު މިވަނީއެވެ. ގޯތި ދޫކުރެވޭނެގޮތާއި ތަރުތީބު ނަމްބަރ އެޗާޓުގައި އެނގެން ހުންނާނެއެވެ .މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 35 ގޯއްޗެވެ. އެއީ 1600 އާއި 2000 އަކަފޫޓްގެ ގޯއްޗެވެ. ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި އެވަނީއެވެ.

ގޯއްޗަށް އެދޭ މީހުންގެކިބައިގައި ހުންނަންވާނެ ޝަރުތުތައް:

1-      ދިވެހި ރައްޔިތެއްކަމުގައިވުން

2-      އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން

3-       ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

4-       ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ ބައެއް މިޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން

5-      ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން 

6-      އެންމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

7-      ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރީންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި، އެމީހާގެ ބެލުމުގެދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުގެމަށްޗަށް ރިއާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއްބަލާ އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާޢިދު" ގެ 16 ވަނަ މާއްދާގައިބުނާ ކޮމިޓީއަށް ފެނުން

 ޕޮއިންޓް ދިނުމަށްހަމަޖެހިފައިވާ އުޞޫލް

1- ކައިވެނީގެ ބައި :

      (ހ) މީހަކާ އިނދެގެން ހުރިނަމަ  20 ޕޮއިންޓް

      (ށ) ކުރިން މީހަކާ އިނދެ ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ 15 ޕޮއިންޓް

      (ރ) ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް 1 ޕޮއިންޓް (މިގޮތަށް ގިނަވެގެންދެވޭނީ 6 ޕޮއިންޓެވެ.) 06 ޕޮއިންޓް

 2- ޢުމުރުގެ ބައި :

       (ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ  05 ޕޮއިންޓް 

       (ށ) ޢުމުރުން 26 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް) 07 ޕޮއިންޓް

 3- ދަރިންގެބައި: 

       (ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ  05 ޕޮއިންޓް

       (ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް

       ( މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް) 

       (ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ  03 ޕޮއިންޓް 

       (ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ  1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް 04 ޕޮއިންޓް)

  4- މައިންބަފައިންގެ ބައި :

       (ހ) މަންމަ ބަލަމުންގެންދާނަމަ  03 ޕޮއިންޓް

       (ށ) ބައްޕަ ބަލަމުންގެންދާނަމަ 03 ޕޮއިންޓް

       (ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ  03 ޕޮއިންޓް

 (މިބަޔަށް ޕޮއިންޓް ދެވޭނީ މައިންބަފައިންނާ، މައިންބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ގޯއްޗެއްނެތި އެމީހުން ކައިރީގައި ބަހައްޓައިގެން ބަލަމުން ގެންދާނަމައެވެ.)

 5- ރައްވެހިކަމުގެބައި :

       (ހ) ރަށުގެ ރައްވެއްސެއްނަމަ  20 ޕޮއިންޓް 

       (ށ) ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ 15 ޕޮއިންޓް 

 6-ޕޮއިންޓް އުނިކުރުން :

       (ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ގޯތިނުލުބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް

       (ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ގޯތިނުލުބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ 10 ޕޮއިންޓް

       (ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗައްވުރެ ގިނަގޯތި އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ 10 ޕޮއިންޓް

       (ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއްގޯއްޗަށްވުރެ ގިނަ ގޯތި އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ 10 ޕޮއިންޓް

  އިތުރު ތަފްޞީލް :

 ނަމްބަރ 1 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނު ކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާނަމައެވެ. އަދި   މިބައިން މާކްސް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދުކުރަމުންދާ ކަމުގެ ޝަރުޢީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. އަދި ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.

ނަމްބަރ 2 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.

ނަމްބަރ 3 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމުލަ 16 ޕޮއިންޓެވެ. އަދި މިބައިން ޕޮއިންޓް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދު ކުރަމުންދާކަމުގެ ޝަރުޢީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. ދަރިންނަށް ޚަރަދުކޮށް ދަރިން ބަލަމުންގެންދަނީ މިދެފަރާތް ނުވަތަ އެފަރާތްތަކުގެ ކިބައިން ބަލަންޖެހޭ ފަރާތެއްނޫން އެހެން މީހެއްނަމަ، މިބައިން އެއިން އެއްވެސް ފަރާތަކަށް ޕޮއިންޓެއް ނުލިބޭނެއެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ އެކުދިންގެ އުފަންދުވަހުގެ ސެޓެފިކެޓް އަދި އެކުދިންނަކީ ޚާއްޞައެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދޭ ޑޮކުޓަރގެ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. އަދި މިބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
ނަމްބަރ 4 (ނ) ގައިވާ ފަދަ ޝަރުޢީގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެމީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެމީހެއްގެ ގޯއްޗެއްނެތި އެމީހުން ކައިރީގައި ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީގޮތުން ބަލަންޖެހޭ އެހެންމީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓް ލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
ނަމްބަރ 05 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭތާ 05 އަހަރު ވެފައިވާކަން އަންގައިދޭ ރަށު ކައުންސިލްގެ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
ނަމްބަރ 06 ގެ (ނ) އަދި (ރ) ގައިވާގޮތަށް މައިން ބަފައިންގެ ދެގޯތި އޮތްނަމަވެސް އެދެގޯތީގައި ވަކިވަކިން 600 އަކަފޫޓް ހަމަނުވާނަމަ މިބައިން ޕޮއިންޓް އުނި ނުކުރެވޭނެއެވެ.
 ގޯއްޗަށްއެދި ފޯރމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރުބަލާނީ ގޯއްޗަށްއެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހާ ހަމައަށެވެ.
ގޯތިލިބޭގޮތް : ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ މީހުންތިބިނަމަ އެގޯތިލިބޭ މީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. ގޯތިލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

         ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން 13 އޯގަސްޓް 2018 ވަނަ ދުވަހުން ފެށިގެން 09 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ފޯރމް މިއިދާރާއިން ލިބެން ހުންނާނެއެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

 

 

 

 

 

12 އޮގަސްޓް 2018
ހޯދާ