މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ސ. ހެރެތެރޭއާ އެރަށުގައި ހަދާފައިވާ ރިޒޯޓާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ލީސް ހޯލްޑަރ ރައިޓްސް ވިއްކާލުމަށް

މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ކުއްޔަށްދީފައިވާ ސ. ހެރެތެރެއާ އެރަށުގައި ހަދާފައިވާ ރިޒޯޓާ ގުޅިގެން އެކުންފުންޏަށް ލިބިފައިވާ ލީސް ހޯލްޑަރ ރައިޓްސް ވިއްކާލުމަށް އެކުންފުނިން ނިންމަވާފައިވުމާއި، އެކުންފުނީގެ ލީސް ހޯލްޑަރ ރައިޓްސް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށް 19 ޑިސެންބަރު 2013ވީ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލެވިފައެވެ.

ލީސް ހޯލްޑަރ ރައިޓްސް ގަތުމަށްޓަކައި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ދިވެހި އަދި ބޭރުފަރާތްތަކަށް އަދި ޕާޓްނަރޝިޕްސް ނުވަތަ ކުންފުނިތަކަށް ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.

ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ގޮތުގެ ތަފުސީލު ޑޮކިއުމެންޓް ("ރިކުއެސްޓް ފޯ ޕްރޮޕޮޒަލް ފޯ ޕަރޗޭޒް އޮފް ލީސްހޯލްޑަރ ރައިޓްސް އޮފް ދަ އައިލެންޑް އޮފް ހެރެތެރަ އިން ސީނު އެޓޮލް") މިނިސްޓްރީ އޮފް ޓޫރިޒަމްއިން އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޑޮކިއުމެންޓް މިނިސްޓްރީ އޮފް ޓޫރިޒަމުގެ ވެބްސައިޓް www.tourism.gov.mv އިން އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ވެބްސައިޓް www.mtdc.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮޕޯޒަލް އާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

އަލްފާޟިލް އަހްމަދު ޞާލިޙު

ޕާރމަނެންޓް ސެކްރެޓަރީ

މިނިސްޓްރީ އޮފް ޓޫރިޒަމް

ވެލާނާގެ، 5 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

ފޯން: +960 3323224  ފެކްސް: +9603322512

އީމެއިލް: [email protected]

18 ޑިސެންބަރު 2013
ހޯދާ