ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ވަގުތީ ޓީޗަރަކު ހޯދުމާއި ގުޅޭ

 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފެއް (ވަގުތީ ޓީޗަރެއް ) ހަމަޖެއްސުމަށް ބޭނުންވެއެވެ. މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރައްވަންޖެހޭނީ މިރަށު " ލިލީ ޕްރިސްކޫލް " ގައެވެ. މި ވަޒީފާގެ މުއްދަތަކީ 02 މަސް ދުވަހެވެ.

 

މަޤާމް

ޕްރީސްކޫލް ޓީޗަރ ( ވަގުތީ )

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

ސެކްޝަން

ލިލީ ޕްރީސްކޫލް / ހއ. ކެލާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ލިލީ ޕްރީސްކޫލް، ހއ. ކެލާ / ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

މުސާރަ / އުޖޫރަ

މަހަކު 2000.00 ( ދެހާސް ) ރުފިޔާ

އެލަވަންސް

މަހަކު 1140.00 ( އެއްހާސް އެއްސަތޭކަ ސާޅިސް ) ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު :

1

މުއައްޒަފު ކިޔަވައި ދެއްވައި ކުލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަޢުލީމު ދިނުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމާއި ދެވޭ ތަޢުލީމަކީ އެކުއްޖެއްގެ ފެންވަރުގައި ދެވޭ ތަޢުލީމަކަށްވުން.

2

ދެވޭ ތަޢުލީމަކީ ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެންދެވޭ ތަޢުލީމަކަށްވުން.

3

ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތަށް ހެދުމާއި ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުމާއި އަދި އެކަމަށް ބޭނުންވާ ތަކެތި ސްކޫލް އޮފީހަށް ހުށަހަޅައިގެން ހޯދުން.

 

4

ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން، ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެޔަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގައި ކުރިން ބަލައި ޗެކުކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް ރަނގަޅު ކުރުން.

5

ދުވަހުން ދުވަހަށް ކުލާހުގައިދެވޭ މަސައްކަތް ރެކޯޑްކޮށް ބެލެހެއްޓުން.

6

ސްކޫލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް އެކުވެރިކަމާއިއެކު ގުޅިގެން ކުރުން.

7

ކުޑަކުދިންނާއި އެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއިއެކު އަމާނާތްތެރިކަމާއިއެކު ކެއްތެތެރިކަމާއި އުފެއްދުންތެރި ޚިޔާލު ތަނަވަސް އައި ވިސްނައިގެން ކަންކުރާ ރޭވުންތެރި މީހަކަށްވުން.

8

ސްކޫލުން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތް ނުވަތަ މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން ސްކޫލް ހިންގުމާއި ހަވާލުވެފައިވާ ފަރާތުން އަންގަވާ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

9

ސްކޫލް ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް ( ސްކޫލް ހިންގަވާ ފަރާތްތަކުން އަންގަވާ ގޮތެއްގެ މަތީން ) ކުރުން.

މަޤާމުގެ ޝަރުޠު:

01

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

-  އާރލީ ޗައިލްޑް ހުޑް ލެވެލް 04 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

02

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

- އާރލީ ޗައިލްޑް ހުޑް ލެވެލް 03 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

03

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

-  އާރލީ ޗައިލްޑް ހުޑް ލެވެލް 02 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

04

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

-   އާރލީ ޗައިލްޑް ހުޑް ލެވެލް 01 ގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ

05

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

- ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ

06

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

-  ޕްރީސްކޫލްގެ ދަރިވަރުންނަށް އުނގަންނައިދޭން އެނގޭ މީހެއްތޯ ބެލުމާއި، އަދި ގްރޭޑް 10 ނިންމާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 02 އޯގަސްޓް 2018 އާއި 04 އޯގަސްޓް 2018 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)

02-  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

03-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

04-  ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

05-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " މި ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 01 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުން މިކަމާގުޅޭ އެއްވެސް ލިޔުމެއް ބަލައި ގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

މި ވަޒީފާއަށްއެދޭ ފޯމު ކެލާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

މި އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500027 ނުވަތަ 9650027 ނަންބަރ  ފޯނާއެވެ. އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

           

                           23  ޖުލައި  2018

23 ޖުލައި 2018
ހޯދާ