ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Master of Educational Management and Leadership Scholarship

މިއީ 24 ޖޫން 2018 ގައި ކުރެވުނު އިޢުލާން ނަމްބަރު 61(IUL)166-Schol/166/2018/ އަށް ތިރީގައިވާ ދެންނެވިފައިވާ ރަށްރަށަށް ޝަރުތުހަމަވާ ކެންޑިޑޭޓުން ލިބިފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މެލޭޝިއާ

ޤައުމު:

މާސްޓަރ އޮފް އެޑިޔުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕް

ކޯސް:

ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާ

ޔުނިވަރސިޓީ:

-      3 ފުރުޞަތު (ކޯސް ފީ ހިލޭ)

-      18 ފުރުޞަތު (ލޯނުގެ ގޮތުގައި)

-      މި ފުރުޞަތުތައް ކަނޑައެޅިފައިވާ ރަށްރަށާއި ސްކޫލްތަކުގެ މަޢުލޫމާތު މި އިޢުލާނާއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ "ސްލޮޓްސް އެލޮކޭޝަން ޝީޓް" ގައި ބަޔާންކުރެވިފައިވާނެއެވެ.

-      މި 21 ފުރުޞަތުގެ ތެރެއިން 3 ފުރުޞަަތަކަށް ކަނޑައެޅިފައިވާ ރަށްރަށުން ނޮމިނޭޓްވާ ކެންޑިޑޭޓުންގެ 0 ކޯސް ފީ ހިލޭވާނެއެވެ. އަދި އެހެނިހެން ޚަރަދުތައް ލޯނެއްގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ. އަނެއް 18 ފުރުޞަތަށް ހޮވޭ ކެންޑިޑޭޓުންގެ ހުރިހާ ޚަރަދެއް ލޯނުގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ.

ފުރުޞަތުގެ އަދަދު:

 

  1. އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުމާއެކު ޓީޗިންގ/އެޑްމިނިސްޓްރޭޝަން ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

އެޑިޔުކޭޝަން ނުވަތަ ކިޔަވައި ދިނުމުގެ ދާއިރާއިން އޮނަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވމާއެކު ޓީޗިންގ/އެޑްމިނިސްޓްރޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުންް. ނުވަތަ،

  1. ޓީޗންގ ސަރވިސް އޮފިސަރގެ ޝަރުތު ހަމަވުމާއެކު ލީޑިން ޓީޗަރގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

ޓީޗިން ސަރވިސްގެ ޝަރުތު (ޓީއެސްއޯ2 އިން ޓީއެސްއޯ 11) ހަމަވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (މިގޮތަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ކަނޑައަޅާފައިވާ ޝަރުތު ހަމަވޭތޯ ބެލެވޭނެއެވެ.)

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

3. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

5. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

-  މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ މި ޑިޕާޓްމަންޓުގެ އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-    ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-    ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

-    މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

-    މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-    ޓީޗިންގ/އެޑްމިނިސްޓްރޭޝަން ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުން

-    ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-    ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-    މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުއެވެ.

-    މި ސްކޮލަރޝިޕްގެ ދަށުން 10 ފުރުޞަތުގެ ކޯސް ފީ ހިލޭކަމުގައިވާތީ، ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ބޭނުންފުޅުވާނަމަ ސަޕްލިމެންޓްރީ ލޯނުގެ ދަށުން ބޭންކް މެދުވެރިކޮށް ހަމަޖައްސައި ދެވޭނެއެވެ. އަދި އަނެއް 20 ފުރުޞަތުގެ ދަށުން، ކެންޑިޑޭޓުން ބޭނުންފުޅުވާނަމަ، ކޯސް ފީ، އަދި އެހެނިހެން ޚަރަދުތައް ސަޕްލިމެންޓްރީ ލޯނުގެ ދަށުން ބޭންކް މެދުވެރިކޮށް ހަމަޖައްސައިދެވޭނެއެވެ.

-    މި ކޯސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ. އެގޮތުން މި ކޯހުގައި ހިމެނެނީ 3 ބްލޮކެވެ. އެއީ ކޮންމެ ބްލޮކެއްގައި 3 މަހެވެ. ކްލާސްތަކަށް ހާޒިރުވާން ޖެހޭނީ ކޮންމެ ބްލޮކެއްގައި 14 ދުވަހުއެވެ.

-    މި ސްކޮލަރޝިޕްގެ ދަށުން ލިބިފައިވާ ފުރުޞަތުތަކަށް ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށްވެސް ކުރިމަތިލެވިދާނެއެވެ. އެހެންނަމަވެސް މި ފުރުޞަތުތަކަށް ކަނޑައެޅިފައިވާ ރަށްރަށެގެ ތެރެއިން ރަށަކަށް ނިސްބަތްވާ ކެންޑިޑޭޓަކު، އެރަށަކަށް ކަނޑައެޅިފައިވާ ފުރުޞަތަށް ހުށަހަޅުއްވައިފިނަމަ އެކެންޑިޑޭޓަކު ނޮމިނޭޓް ކުރުމުގައި އިސްކަން ދެވޭނެއެވެ. އަދި އެއްް ރަށަކަށް ނިސްބަތްވާ އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން އެރަށަކަށް ކަނޑައެޅިފައިވާ ފުރުޞަތަށް ހުށަހަޅުއްވައިފިނަމަ ކެންޑިޑޭޓަކު ނޮމިނޭޓް ކުރެވޭނީ އެކަޑަމިކް މެރިޓަށް ޕޮއިންޓް ދީގެންނެވެ.

-    މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމުކުރައްވާ ފަރާތުންނެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށްޓަކައި ސްކޮލަރޝިޕް ދެއްވާ ފަރާތުން ކެންޑިޑޭޓުންނާއި އިންޓަރވިއު ކުރައްވަން ބޭނުންފުޅުވާނަމަ އިންޓަރވިއު ކުރައްވާނެއެވެ.  

-   ކޯސް ފުރިހަމަކުރެއްވުމަށްފަހު، މި ޑިޕާޓްމަންޓުން ކެންޑިޑޭޓު ނޮމިނޭޓުކޮށްފައިވާ ރަށަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

-    މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

-    ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

-    ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-    އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެންކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

-    ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

-    މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

-    ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-    ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

-    މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

-    އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-    އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ،  ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ.

-    މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން މި ޑިޕާޓްމަންޓަށް ސެޓްފިކެޓާއިއެކު ކޮޕީ ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ.

-    އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ.

-    އެޓެސްޓްކުރި ތަނުގެ ނަން.

-    އެޓެސްޓްކުރި މީހާގެ ނަން.

-    އެޓެސްޓްކުރި މީހާގެ މަގާމް.

-    އެޓެސްޓްކުރި މީހާގެ ސޮއި.

-    އެޓެސްޓްކުރި ތާރީޚް.

-   އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-    އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

-    ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރުމާ ބެހޭ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307   އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3413253 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

19 ޖުލައި 2018
ހޯދާ