ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓެންޓް

މަޤާމް

އެސިސްޓަންޓް އެކައުންޓެންޓް  

ބޭނުންވާ ޢަދަދު

1

 

މުސާރަ

6500 ރުފިޔާ

އެލަވަންސް

އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

ފައިނޭންސް ޑިޕާރޓްމަންޓް

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓަންޓް އޮފިސަރ

މަޤާމުގެ ޝަރުތުތައް

  • އެކައުންޓިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 4  ސަނަދެއްއޮތުން ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 
  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އެކައުންޓިންގ ގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭއެވެ.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު

  • އެސޯސިއޭޝަންގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކަށް އަމަލުކުރުން.
  • އެސޯސިއޭޝަންގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނަ ސިސްޓަމްތަކާއި އެއްގޮތަށް ޢަމަލުކުރުން.
  • އެސޯސިއޭޝަންގެ ފައިސާގެ މުޢާމަލާތުތައް އެސޯސިއޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، އާއި އެއްގޮތައް ޢަމަލުކުރުން.
  • އެސޯސިއޭޝަންގެ އަހަރީ ހިސާބުތަކާއި މެނޭޖްމަންޓަށް ބޭނުންވާ ހިސާބުތައް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ތައްޔާރުކޮށް ހުށަހެޅުން.  
  • އެސޯސިއޭޝަންގެ ހިންގާ އެންމެހައި  ހިސާބުތައް ބެލެހެއްޓުމާއި ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމާއެކު، އެސޯސިއޭޝަންއިން ތައްޔާރުކުރާ ހިސާބުތައް ތައްޔާރުކުރުން.
  • ފައިސާ ޚަރަދުކުރުމަށް ތައްޔާރުކުރާ ވައުޗަރތަކާއި ބިލްތަކާއި ސަޕޯރޓިންގ ޑޮކިއުމެންޓުތައް ވައުޗަރާ ގުޅުވާ  ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން.
  • އޮފީހުން ކުރަންޖެހޭ ޚަރަދު ތަކާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޚަރަދު ފައިސާގެ ވައުޗަރުތައް، ތައްޔާރުކުރާ ދުވަހު ވައުޗަރު ރަޖިސްޓްރީއަށް އެރުވުމަށާއި، ވައުޗަރު ރަޖިސްޓަރީ ޗެކްކުރުން
  • މުސާރަ ޕީވީ އާއި އެހެނިހެން ޚަރަދު ޕީވީ ފޮނުވައި ފައިސާ ޖަމާވުމުން ނަގައި ބިލްތައް ދެއްކުން.
  • ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ގުޅިގެން އެކިފަރާތަކުން އަންނަ ސިޓީފަދަ ތެކެތި ފަސޭހައިން ފެންނާނެހެން ފައިލްކޮށް، ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސުންގަޑީގެ ކުރިން ޖަވާބުފޮނުވުން.
  • އެސޯސިއޭޝަންގެ ދަނޑުތަކުގެ ހިސާބުތައް ބަލަހައްޓައި ފައިސާ ބަލައިގަތުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 09:00 އިން  16:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

18 ޖުލައި 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލް ގެ ޒަރީއާއިން ނަމަ hr@famaldives.com

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަންއަށް ލިބިގެންވެއެވެ.

09 ޖުލައި 2018
ހޯދާ