މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް ލިޔެދޭނެ ފަރާތެއް ހޯދުމަށް

ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް ލިޔެދޭނެ ފަރާތުން ހޯދުމަށް.

 މިކޯޕަރޭޝަންގެ ނަންބަރު: SportsCo/IUL/2018/2 އިއުލާނާގުޅިގެން، މިކޯޕަރޭޝަނުން ތައްޔާރުކޮށް ޝާއިއުކުރުމަށް ހަމަޖެހިފައިވާ "ކުޅިވަރު" މެގަޒިންއަށް އާޓިކަލްސް ލިއުމަށް ހުށަހެޅުނު ބައެއް ދާއިރާތަކަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، އެދާއިރާތަކުން މެގަޒިންއަށް އާޓިކަލްސް/ލިޔުން ތައްޔާރުކުރުމަށް ޝައުގުވެރިވާފަރާތަކަށް އެކަމަށް ކުރުމަތިލުމަށް ހުޅުވާލަމެވެ.

 އާޓިކަލްސް ބޭނުންވާ ދާއިރާތަށް 

 Fitness

ފިޓްނަސް

 Featured Article

ފީޗާޑް އާޓިކަލް

 Nutrition

ނިއުޓްރިޝަން

 Technology and Innovation

ޓެކްނޮލޮޖީ އާއި އިނޮވޭޝަން

 Sports History of Maldives

ދިވެހި ރާއްޖޭގެ ކުޅިވަރުގެ ތާރީޚް ދިރާސާކުރުން

މަސައްކަތުގެ އަގު:  ދެ ފަރާތުން އެއްބަސްވާ އަޤެއް

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް:

  • އާޓިކަލް ލިއުމަށް ހަމަޖެހިފައިވާ ދާއިރާގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ދާއިރާގެ އަދި އާޓިކަލްސް ލިއުމުގެ ތަޖުރިބާ
  • އިންޓަވިއު

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަސައްކަތަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. މަސައްކަތަށް ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  3. މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު

ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 15 ޖުލައި 2018 ވާ އާދިއްތަ ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް (ހެނދުނު 0800 އިން ހަވީރު 1500 އަށް) 3336725 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

05 ޖުލައި 2018
ހޯދާ