އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ގުދަން ކުއްޔަށް ހިފުން

މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް،  މި ސްކޫލަށް ގުދަނެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL)GS80/2018/08 (26 ޖޫން 2018) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ބީލަމަށް ކުރިމަތިލާފައި ނުވާތީ، މި ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަދި މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ޖުލައި 03 އިން 2018 ޖުލައި 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

02 ޖުލައި 2018
ހޯދާ