މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަނަށް ސަރވަރއެއް ގަންނަން ބޭނުންވެއްޖެ.

މިކޯޕަރޭޝަނަށް ސަރވަރއެއް ގަންނަން ކުރެވުނު ނަންބަރު: SportsCo/IUL/2018/5 އިޢުލާނާ ގުޅިގެން އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އިއުލާނާއެކުގައިވާ ސްޕެސިފިކޭޝަން އަދި މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، ސްޕެސިފިކޭޝަންގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ސަރވަރއެއް މިކޯޕަރޭޝަނަށް ސަޕްލައި ކޮށްދެއްވޭނެ އަގު ހުށަހެޅުއްވުމަށް، 2018 ޖުލައި 10 ވާ އަންގާރަ ދުވަހުގެ މެންދުރު 1400 އަށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

އިއުލާންކުރެވިފައިވާ ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވާ ކަމުގައިވެސް ދެންނެވީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (ހެނދުނު 8:00 އިން މެންދުރު ފަހު 3:00އަށް) މިކޯޕަރޭޝަންގެ ނަންބަރ 3336725 ފޯނަށެވެ.

02 ޖުލައި 2018
ހޯދާ