އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށީގެ މަޢުލޫމާތު

2014 ޖެނުއަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށި ބަހައްޓާ ޤައުމުތަކާއި، ވޯޓުލާ ސަރަޙައްދާއި ތަން މި ދަންނަވަނީއެވެ.

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

މި ފޮށްޓަށް ވޯޓުލާނީ އިންޑިޔާގައި ތިބި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އިންޑިއާ / ޓްރިވެންޑްރަމް

W01.1.1

1

މި ފޮށްޓަށް ވޯޓުލާނީ އިންޑިޔާގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އިންޑިއާ / ޓްރިވެންޑްރަމް - 2

W01.1.2

2

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ތިބި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް

W02.1.1

3

މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

މެލޭޝިއާ / ކުއަލަލަމްޕޫރް - 2

W02.1.2

4

މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ތިބި މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ

W03.1.1

5

މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 2

W03.1.2

6

 

            ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ ތެރެއިން އެ ޤައުމެއްގައި ވޯޓުފޮށި ބަހައްޓާނީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 300 (ތިން ސަތޭކަ) މީހުން ރަޖިސްޓަރީ ވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާނުގައިވާ ޤައުމެއްގައި 300 (ތިން ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަން ވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަން ވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

11  ޞަފަރު  1435 

15 ޑިސެންބަރު 2013
ހޯދާ