މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ހަރުގެ އެޅުމަށްޓަކައި 4 ބިން ކުއްޔަށް ދޫކުރުން

ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހަރުގެ އެޅުމަށްޓަކައި ފާހަގަކޮށްފައިވާ ރަށުގެ އިރުމަތީ ސަރަޙައްދުން 6 މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހަރުގެ އެޅުމަށް ބިން ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލަމެވެ. 
 
ވީމާ، ވަގުތީ ހަރުގެއެޅުމަށް ބޭނުންވާ ފަރާތްތަކުން 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ހަރުގެވަޅަށް އެދި ހުށަހަޅުއްވާއިރު އެތަނުގައި ކުރާ މަސައްކަތަކާއި، ބޭނުންވާ ބޮޑުމިނާއި، ބޭނުންވާ މުއްދަތު ހުށަހެޅުއްވުންވެސް އެދެމެވެ. 
 
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ. 
24 ޖޫން 2018
ހޯދާ