ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ބޭސްފިހާރަ ކުއްޔަށް ދިނުން

އިޢުލާން

            އަތޮޅު ސްޓޯރ 2،3 ޢިމާރާތް ( ކުރީގެ ބޭސްފިހާރަ ޢިމާރާތުގެ ދެބައި) ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުމަށް ފަރާތެއް ހޯދުމަށް އާއްމުކޮށް

އަންގާ އިޢުލާން ކުރަމެވެ.

            ވީމާ، ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސިޓީލާނީލަމުގެ އަގު ހުށަހަޅާފޯމް ހުށަހެޅުއްވުން އެދެމެވެ.

  1. ސިޓީލާ ނީލަން ފެށޭ އަގަކީ 3500.00 ( ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ.
  2. އަގު ހުށަހެޅުމުގައި އެއިރެއްގައި އޮންނަ އެންމެ މަތީއަގަށް އިތުރުކުރެވޭނެ އެންމެ ދަށް ވެގެން ފަހަރަކު 500.00

 ( ފައްސަތޭކަ ) ރުފިޔާއެވެ.

  1. އަގު ހުށަހެޅޭނީ ރަސްމީ ދުވަހުގެ ހެނދުނު 8:15 ން ފެށިގެން މެންދުރު 13:00 އާއި ދެމެދުގައެވެ. 13:00 ގެ ފަހުށް އަގުހަށަނޭޅޭނެއެވެ. ކޮންމެ ދުވަހަކުވެސް
  2. އޮންނަ އެންމެ މަތީއަގު އެދުވަހުގެ 13:30 ގައި އިދާރާގެ ރިސެޕްޝަން ސަރަޙައްދުގައި އިދާރާއަށް ވަނުމުން ޢާއްމުކޮށް ފެންނަ ގޮތަށް އިޢުލާން ކުރެވޭނެއެވެ.
  3. އަދި އަނެއްދުވަހުވެސް އެގަޑީގެ އިތުރު އަގު ލިބިއްޖެނަމަ އިޢުލާންކުރެވޭނެއެވެ. އިޢުލާންކުރާއިރު ހުށަހެޅި ގަޑި އެނގެން އޮންނާނެއެވެ. ކޮންމެ ދުވަހަކުވެސް
  4. އަގުތައް ލިބޭވަރަކުން އިޢުލާންކުރަމުން ގެންދެވޭނެއެވެ. އަދި މުއްދަތުން ބާކީ އޮތް ދުވަސްވެސް އިޢުލާނުކުރެވޭނެއެވެ.
  5. ބީލަމުގެ މުއްދަތަކީ އިޢުލާނުގައިވާ ތާރީޚުން ފެށިގެން 21 ( އެކާވީސް ) ދުވަހެވެ. 21 ވަނަ ދުވަހު ( އެންމެ ފަހު ދުވަހު ) އަގުހުށަހެޅޭނެ ސުންގަޑިއަކީ
  6. އެދުވަހުގެ 12:59 އެވެ. އެހެންކަމުން 13:00 ގައި ފުރުޞަތު ބަންދުވާނެއެވެ.
  7. އަގު ހުށަހަޅާނީ އެކަމަށް ތައްޔާރުކޮއްފައިވާ ފޯމުންނެވެ.
  8. ބިޑްގައި ބައިވެރިވެ އަގު ހުށަހަޅުއްވަން ބޭނުންވެލައްވާ ކޮންމެ ފަރާތަކުންވެސް މަޢުލޫމާތު ކަރުދާހާއި އެއްބަސްވުން ލިބިގަންނަންޖެހޭނެއެވެ. މައުލޫމާތާއި
  9. އެއްބަސްވުން ލިބިވަޑައިގަންނަވާނީ އިދާރާގެ ރިސެޕްޝަނުން ރަސްމީ ގަޑީގައެވެ.   

އަދި ދަންނަވަމެވެ. ޖެހިޖެހިގެން 3 ދުވަހު ( 72 ގަޑިއިރު ) އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ބީލަން ކާމިޔާބުވީއެވެ. އެހެންނަމަވެސް، މީރާއަށް އެއްވެސް

ފައިސާއެއް ދައްކަން ވެފައިވާ ފަރާތަކަށް ބީލަން ކާމިޔާބުވިޔަސް ތަން ޙަވާލުކުރެވޭނީ މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިދާރާއިން ލިބިދޭ ރަސްމީ 5 ( ފަހެއް )

ދުވަހުގެ މުއްދަތުގެތެރޭގައި ފައިސާ ދައްކާ ޚަލާޞްކުރުމުންނެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ ބީލަން ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ޕްލޭނިންގ އޮފިސަރ އަރީފުއާދަމް ( ފޯނު 7846025) ނަމްބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

               28 ރަމަޟާން 1439 ހ

               12 ޖޫން  2018 މ

 

 

 

                                                              ރިޟްވާން ޢަބްދުﷲ

                                                        ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް

12 ޖޫން 2018
ހޯދާ