އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކުރުމާއިގުޅޭ.

                   އދ.ދަނގެތީ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                    ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖޫން 2018 ވާ އަންގާރަ ދުވަހު 13:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދަނގެތީ ކައުންސިލް އިދާރާގެ ނަމްބަރު 6680888 ފޯނާގުޅުއްވުންއެދެމެވެ.

                   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                   27 ރަމަޟާން 1439                                                               

                   11 ޖޫން 2018

11 ޖޫން 2018
ހޯދާ