ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަހަނު ލޯންޗް އިންޖީނު ގަތުމާ ގުޅޭ

އިޢުލާންް

 

ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް 

އައުޓްބޯޑް 2 އިންޖީނު ހޯދަން ބޭނުންވެއްޖެ.

 

             މިއިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް 250 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީނު ގަންނަން ބޭނުންވެއްޖެއެވެ.

 ވީމާ،  މިކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 18 ޖޫން 2018 ވަނަދުވަހުގެ 11:00 އަށް، މިއިދާރާއަށް

ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 ޖުލައި 2018 ވަނަދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ publicservice@thaa.gov.mv އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ،

މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް މި އިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.

މިކަމާބެހޭގޮތުން މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9821111 ނަމްބަރ އިން އަލީ އަމްޖަދުއާއިއެވެ.

މުއްދަތުގައި މަޢުލޫމާތު ނުހޯއްދަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގެވުމަށްޓަކައި އިޢުލާން ކުރީމެވެ.

             26 ރަމަޟާން 1439 

             10 ޖޫން 2018

    

                                                                 ރިޟުވާން ޢަބްދުﷲ

                                                           ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ރައީސް

10 ޖޫން 2018
ހޯދާ