ދިވެހިރާއްޖެ
މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީތަކުގެ މަޢުލޫމާތު ކަރުދާސް އަދި ފޯމަށް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޞްލާޙު 1 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ 2) ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ އަދި ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 3 (ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން އުނިކުރެވިފައިވާ ކަމުގައި ޢާންމުކޮށް އިޢުލާންކުރީމެވެ.
ނޯޓު: މި ބަދަލާއި ގުޅިގެން މި 2 ކެޓެގަރީއަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަކީ ކައިވެނިކޮށްގެން އުޅޭ ފަރާތަކަށް ވުން ޝަރުޠުކުރެވިގެންނުދާނެއެވެ. އެހެންނަމަވެސް، ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި 2 ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި ކައިވެނިކޮށް ޢާއިލާއަކާއި އެކު ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވިގެންދާނެއެވެ. |
އިޞްލާޙު 2 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ 2) ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
މި ޢިއުލާނުގެ އިޞްލާޙު 1. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ އަދި ޓީޗަރުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 3 (ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ (ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ، އަނބި/ފިރިމީހާ ނިޔާވެފައިވާނަ ނިޔާވިކަމުގެ ލިޔުން) |
އިޞްލާޙު 3 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު 3) އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީއާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 5 (މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފުލެޓަށް އެދޭމީހާ ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފުލެޓަށް އެދޭމީހާ ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅެ، ފުލެޓަށް އެދޭމީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން
ނޯޓު: ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި 3 ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި މާލެ/ހުޅުމާލެ/ވިލިމާލޭގައި ޢާއިލާއާއި އެކު ދިރިއުޅޭ އަދި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އިސްކަންދެވިގެންދާނެއެވެ. |
އިޞްލާޙު 4 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު 3) އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
މި ޢިއުލާނުގެ އިޞްލާޙު 3. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީއާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 6 (ވަޒީފާ އަދާކުރި އަދި މިހާރު އަދާކުރަމުންދާ ތަން، މަޤާމް، މުސާރަ އަދި މުއްދަތު ސާފުވާ ލިޔުމެއް) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފުލެޓަށް އެދޭމީހާ ނުވަތަ އަނބިމީހާ/ފިރިމީހާ (ފުލެޓަށް އެދޭމީހާ ވަޒީފާ އަދާ ނުކުރާނަމަ) އަދާކުރި/އަދާކުރަމުންދާ ވަޒީފާ އަދާކުރާ ތަން، މަޤާމް، މުސާރަ އަދި މުއްދަތު ސާފުވާ ލިޔުމެއް (އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ދަށުގައި މަސައްތަކް ކުރާ ފަރާތެއްނަމަ އެފަރާތަކުން ދެވޭ ލިޔުމެއް. އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް، މުސާރަ އަދި މުއްދަތު ސާފުވާ ގޮތަށް ފޯމު ހުށަހަޅާ ފަރާތުގެ ނަމުގައި ސިޓީއެއް) |
އިޞްލާޙު 5 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު |
ގެނެވުނު އިޞްލާޙު |
މި ޢިއުލާނުގެ އިޞްލާޙު 3. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީއާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 1 (ފުލެޓަށް އެދޭމީހާ އަދާކުރި/އަދާކުރަމުންދާ ވަޒީފާގެ މުއްދަތު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފުލެޓަށް އެދޭމީހާ ނުވަތަ އަނބިމީހާ/ފިރިމީހާ (ފުލެޓަށް އެދޭމީހާ ވަޒީފާ އަދާ ނުކުރާނަމަ) އަދާކުރި/އަދާކުރަމުންދާ ވަޒީފާގެ މުއްދަތު |
އިޞްލާޙު 6 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް
|
1) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ 2) 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު 3) އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
މި ޢިއުލާނުގެ އިޞްލާޙު 3. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީއާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީގެ ފުލެޓަށް އެދި ހުށަހަޅާ ފޯމުގެ ސުމާރު ނަންބަރު 4 (ފުލެޓަށްއެދޭ މީހާ އަދާކުރަމުންދާ އަދި އަދާކުރި ވަޒީފާގެ މުއްދަތުގެ މަޢުލޫމާތު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: ފުލެޓަށް އެދޭމީހާ ނުވަތަ އަނބިމީހާ/ފިރިމީހާ (ފުލެޓަށް އެދޭމީހާ ވަޒީފާ އަދާ ނުކުރާނަމަ) އަދާކުރި/އަދާކުރަމުންދާ ވަޒީފާގެ މުއްދަތުގެ މަޢުލޫމާތު |