ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

(IUL)254/254/2018/10 :ނަންބަރު

 

އިޢުލާނު

މިއިދާރާއިން 08 މެއި 2018 ވަނަ ދުވަހު އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު

ނަންބަރު (IUL)254/254/2018/9އިޢުލާން ބާޠިލްކޮށް މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-224062

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތި އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާ

މުސާރަ:

-/4465 ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލެވަންސް:

-/1500 ރ ( އެންހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް 2

-/700ރ  ހަތްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

*އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ސިވިލްސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

* ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްއިދާރާގެ ސްޓޮކް އާއި އިންވެންޓްރީ ބެލެހެއްޓުން
  2. ކައުންސިލްއިދާރާގެ ބެލުމުގެ ދަށުގައިހުރި އިމާރާތް ތަކުގެ ސްޓޮކް އާއި އިންވެންޓްރީ ބެލެހެއްޓުން
  3. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި އިމާރާތް ތަކަކާއި ތަކެތީގެ ތެރެއިން މަރާމާތު ކުރަން ޖެހޭތަކެތި ޕްރޮޖެޓް އޮފިސަރަށް ހުށަހެޅުން ، ޕްރޮޖެޓް އޮފިސަރު ނެތްނަމަ މަރާމާތުކުރުމުގެ މަސައްކަތް ކުރުން
  4. ފަރުނީ ޗަރާއި ފިޓިންސް އަދި އައި ޓީ އާއި ބެހޭ ހާޑުވެއަރ ހޯދުން
  5. ސްޓޮކަށް ބޭނުންވާ މުދާހޯދުން
  6. ރައްޔިތުންގެ މުދާ ބެލެއްޓުން
  7. ސަރުކާރާއި ރައްޔިތުންގެ މުދާ ނީލަން ކިއުން
  8. ފައިސާއާއި ބެހޭ ރިޕޯޓް ތައްތައްޔާރު ކުރުން ،ތައްޔާރު ކުރެވިފައިވާ ރިޕޯޓް ޗެކުކުރުން
  9. ކައުންސިލް އިދާރާއިން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުމާއި އެހީތެރިވެދިނުން
  10. ޒަކާތާއި ބެހޭމަސައްކަތް ކުރުން
  11. މިސްކިތައްބޭނުންވާ  ފޮޅާސާފު ކުރާތަކެތި ހޯދުމާއި ، ސްޓޮކު ބެލެހެއްޓުމާއި މުދާ ދޫކުރުން
  12. މިސްކިތްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި  ، ފަރުނީޗަރާއި ފިޓިންސް ހޯދުން:
  13. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ އަދި ސަލާން ނަގައިފިނަމަ އެމުވައްޒަފެއްގެ މަސައްކަތް ވަގުތީ ގޮތުން ހަވާލުވެ ސެކްޝަންގެ އިސްވެރިއެއްގެ ލަފާމަތިން ކުރުން
  14. މެސެޖު ، ސިޓީ  ލިޔުމާއި ފޮނުވުމާއި ، ގުޅުންހުރި ލިޔެކިއުންތައް ފައިލް ކުރުން
  15. ޖަމާކުރަންޖެހޭ ފައިސާއާއި ނަގަންޖެފައިސާއާއި އެހެނިހެން މުޢާމަލާތު ކުރުމަށް ބޭންކަން ދިއުން
  16. ދިވެހިސިވިލް ސަރވިސް ޤާނޫނާއި ޤަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިންއަންގާ އިދާރީ މަސައްކަތް ކުރުން
  17. ޓޭބަލް ކުރެވިފައިވާ ގޮތުގެ މަތިން ކައުންސިލް އިދާރާ ހުޅުވާ ބަންދު ކުރުން
  18. އާއްމުކޮށް ކުރަންނުޖެހޭ ހާއްޞަކޮށް ކުރަންޖެހޭ މަސައްކަތް ވެރިންގެ ލަފާމަތިން ކުރުން:( ޖަލްސާއިން ތިޒާމު ކުރުމާއި ވަޑައިގަންނަވާ ޓީމު ، ވަފުދު ތަކަށް ވެރިންގެ ލަފާމަތިން އިންތިޒާމު ހަމަޖެއްސުން)

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން " ޑީ " ގްރޭޑް ގެ ލިބިފައި ވުމާއި އެކު ،އޭގެ އިތުރުން ސެކަންޑަރީ ސުކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙަނުގައި " ދިވެހި" މިމާއްދާއިން ދައްވެގެން " ސީ " ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމު ތަކަންދޫ ކައުންސިލް އިދާރާއިންލިބެން ހުނަނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑު ކުރެވެން ހުންނާނެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު، ކަނޑައެޅިފައިވާ އިންސައްތަ 35
  2. ވަޒީފާއަށް ވަނުމައް ދެވޭ އިމްތިހާނު، ކަނޑައެޅިފައިވާ އިންސައްތަ 10
  3. ލިބިފައިވާ މަސައްކަތު ތަޖުރިބާ، ކަނޑައެޅިފައިވާ އިންސައްތަ 15
  4. އިންޓަރވިއު / ލިބިފައިވާ ހުނަރު، ކަނޑައެޅިފައިވާ އިންސައްތަ 40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 30 މެއި 2018 ވަނަދުވަހުގެ 13:00 ގެ ކުރިން  ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ އަށެވެ.  ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް ކުރާނީ [email protected] ނުވަތަ [email protected] އަށްށެވެ. އަދި ފެކްސް 6500102 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާވާ އިންޓަވިއު ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 10 ދުވަހުގެ ތެރޭގައި މިއިދާރާގައި ނުވަތަ މިއިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއައް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތް ތަކުގެ ތެރެއިން އެނމެމަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500034 ފޯނަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6500102 އެވެ. އީމެއިލް ކުރާނީ [email protected] ނުވަތަ [email protected] އަށެވެ.

 

           29 ޝަޢުބާން 1439

           15   މެއި  2018

15 މޭ 2018
ހޯދާ