މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައެޅުމާބެހޭ

އިޢުލާން

މާލޭ ޕްލޭނިންގ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އުސްކޮށް ޢިމާރާތްތައް ހެދުމަށް ބައެއް ފަރާތްތަކުން އެދެމުންދާތީ، އެކަމަކީ މި އިދާރާއިން ކޮށްދެވޭނެކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ.  މި އިދާރާއިން މާލޭގެ ހަތަރު އަވަށުގައި ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައަޅަނީ، މާލޭ ޕްލޭނިންގ ގަވާއިދުގެ އެއްވަނަބައިގެ  2 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އަދި ވިލިނގިލި އަވަށުގައި ޢިމާރާތްކުރެވޭނެ އުސްމިން ކަނޑައަޅާނީ، މާލޭގެ ޕްލޭނިންގ ގަވާއިދުގެ ދެވަނަބައިގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އަދި މާލޭގެ ޕްލޭނިންގ ގަވާއިދާއެއްގޮތަށް މާލޭ ސިޓީގައި ހަދާ އިމާރާތްތައް ހެދުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

6  ޞަފަރު 1435

09 ޑިސެންބަރު 2013
ހޯދާ