މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ވަކިކޮށްފައިވާ ގޯތިތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

 

އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ވަކިކޮށްފައިވާ ގޯތިތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

            މި އޮތޯރިޓީގެ ނަންބަރު: (IUL)431-VR/431/2018/3 (20 މާރިޗު 2018) ގެ އިޢުލާނާއި ގުޅިގެން އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ގޯތި ލިބުނުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުމަށް ގިނަފަރާތްތަކުން އެދެމުންދާތީ، އައްޑޫ ސިޓީ މާމެންދޫ ސަރަޙައްދުން ގޯތި ލިބުނުކަމަށް މިހާތަނަށް ކޯޓު މަރުހަލާ ނިންމާފައިވާ ފަރާތްތަކާއި، އަދި ގޯތި  ލިބުނުކަން އަންގައިދޭ ތިރީގައި މިދަންނަވާފަދަ ރަސްމީ އެއްވެސް ލިޔުމެއް ލިބިފައިވާ ފަރާތްތަކުން، އެ ލިޔުމެއް ސިޓީއަކާއެކު ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް އިތުރު ކުރެވުނުކަން އިއުލާން ކުރަމެވެ.

  1. ގޯތީގެ ރަޖިސްޓްރީ ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ
  2. ގޯތީގެ މިލްކުވެރިކަން ސާބިތުކޮށްދޭ ޝަރުޢީ ލިޔުމެއް
  3. ގޯތި ހަވާލުކޮށްފައިވާކަން އަންގައިދޭ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ސައްޙަ ލިޔުމެއް
  4. ގޯތި ލިބުނުކަމަށް ޝަރުއީ ކޯޓަކުން ނިންމާފައިވާ ނިންމުމެއް

މިފަދަ ލިއުންތައް ހުށަހަޅުއްވާނީ، ސިޓީއަކުން ގޯތީގެ ވެރިފަރާތުގެ ނަމާއި،  އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް އައްޑޫ ސިޓީގައިނަމަ މިމިނިސްޓްރީގެ ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓަށެވެ. މާލޭގައިނަމަ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން،  [email protected]  އީ-މެއިލްއަށް ފޮނުވުމަށް ދަންނަވަމެވެ.

06  ޝަޢުބާން  1439

22   އެޕްރީލް   2018

22 އޭޕްރިލް 2018
ހޯދާ