މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް ލިޔެދޭނެ ފަރާތްތަކެއް ހޯދުމަށް.

މަސައްކަތް: ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް ލިޔެދޭނެ ފަރާތްތަކެއް ހޯދުމަށް.

 މިކޯޕަރޭޝަނުން ތައްޔާރުކޮށް ޝާއިއުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް މެގަޒިންއަށް އާޓިކަލްސް/ލިޔުން ތައްޔާރުކޮށް ލިޔެދޭނެ ފަރާތްތަކެއް ހޯދަންބޭނުންވެއެވެ. މި މެގަޒިންގެ އާޓިކަލްތައް ބަހާލެވިފައިވަނީ ތިރީގައި ދެންނެވިފައިވާ ދާއިރާތަކަށެވެ.

Sports Tourism

 ސްޕޯޓްސް ޓޫރިޒަމް

Fitness

ކުޅިވަރާއި ކަސްރަތަށް ހޭލުންތެރިކުރުވުން

Featured Article

ފީޗާޑް އާޓިކަލް

Nutrition

ނިއުޓްރިޝަން

Local & International Sports

ރާއްޖެ އާއި ބޭރު ދުނިޔޭގެ ކުޅިވަރު ޚަބަރު

Mental Health

މެންޓަލް ހެލްޓް

Technology and Innovation

 ކުޅިވަރާއި ބެހޭ ޓެކްނޮލޮޖީ އާއި އިނޮވޭޝަން

National Sports Association

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޙަބަރު

Sports History of Maldives

ދިވެހި ރާއްޖޭގެ ކުޅިވަރުގެ ތާރީޚް ދިރާސާކުރުން

 މަސައްކަތުގެ އަގު:  ދެ ފަރާތުން އެއްބަސްވާ އަޤެއް

 މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް: 

  • އާޓިކަލް ލިއުމަށް ހަމަޖެހިފައިވާ ދާއިރާއިން ލިބިފައިވާ ތައުލީމާ ތަމްރީނު
  • އާޓިކަލް ލިއުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • އިންޓަވިއު

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މަސައްކަތައް އެދޭ ފޯމު (މި އިޢުލާނާ އެކުގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. މަސައްކަތައް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  3. މަސައްކަތައް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށްއެދޭ ފަރާތުގެ ވަނަވަރު.

 ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ހާއްސަކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގެ ޔޫތް އެކޮމަޑޭޝަން ބްލޮކްގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ހެނދުނު 8:00އިން ހަވީރު 0015:އަށް) 3336725 ނަންބަރު ފޯނަށް ގުޅެއްވުން އެދެމެވެ.

 3 ޝަޢުބާން 1439

19 އޭޕްރިލް 2018

 

19 އޭޕްރިލް 2018
ހޯދާ