މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް 1.5 ޓަނު ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ގަތުމަށް ބޭނުންވެއްޖެއެވެ.

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                             ނަންބަރު: IUL)303-AS/2018/21)           

އިޢުލާން

މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް 1.5 ޓަނު  ނުވަތަ 2ޓަނުގެޕަވަގޭޓް ޕިކަޕް ގަތުމަށް ބޭނުންވެއްޖެއެވެ.

             މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ގަތުމަށް ބޭނުންވެއްޖެއެވެ.

             މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ގެނެސް ދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 1:15ގައި މިއިދާރާގައެވެ. ޕިކަޕް ގެނެސް ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. ޕިކަޕް ގެނެސް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ 1.5 ނުވަތަ 2 ޓަނުގެ ޕަވަގޭޓް ޕިކަޕް ވިއްކުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުންނާޞިރު ޢަލީގެ ނަމްބަރ 9755327 ގުޅުއްވުން އެދެމެވެ.

 

ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

ހުށަހަޅާ އަގަށް % 80

ޕިކަޕްގެ އާބާމިނައް % 10

މުއްދަތައް:% 10

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

            24  ރަޖަބް    1439     

            10 އޭޕްރީލް    2018  

                                                         އަބްދުންނާޞިރު ޢަލީ

                                                         ކައުންސިލްގެ ރައީސް

10 އޭޕްރިލް 2018
ހޯދާ