ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަޠު

އިޢުލާން

          މިއިދާރާގެ ނަންބަރު (IUL)373/INDIV/2018/8 ( 09 އޭޕްރީލް 2018 ) އިޢުލާންގެ ބައެއް ބައިތަކަށް ބަދަލްއައިސްފައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

   
   
   

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު

J-221593

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމްގެ ގިންތި

ވަގުތީ

މަޤާމްގެ ރޭންކު

ޖީއެސް 3

މަޤާމުގެ ކުލެސިފިކޭސަން:

އޮފިސަރ ގްރޭޑް1

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް

މަޤާމް އޮތް އޮފީސް

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެފައިސާއާއި، ރަމަޟާނަމަހުގެ އިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް

މަޤާމްގެ އަސާސީ ޝަރުޠު

 

  1. ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެއިތުރުން ' ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

މައިގަނޑު މަސައްކަތް

  1. ދުވަހުގެ ޔައުމިއްޔާއާއި، މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  2. ކައުންސިލް ހިނގި ގޮތުގެ ރިޕޯޓް ލިޔެ ބެލެހެއްޓުން.
  3. ކައުންސިލް އިދާރާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  4. ކައުންސިލް އިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމް ލިޔެ ބެލެހެއްޓުން.
  5. އެންޓްރީއަށް ލިބޭ ލިޔުންތައް ސެކްޝަންތަކަށް ޖެމްސްކުރުމާއި، ބެލެހެއްޓުން.
  6. ރަށު ކައުންސިލްގެ މުވައްޒަފުނާއި، ކައުންސިލް ބެލުމުގެ ދަށުގައިވާ އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންނާއިބެހޭ އެންމެހާ ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.
  7. ބޯހިމެނުމަށާއި، އިލެކްޝަންގެ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.
  8. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް މެއިލް ކުރުމާއި، ޖެމްސްކުރުން.
  9. މަޤާމްގެ މަސައްކަތްތަކާއި ގުޅުން ހުރި ލިޔުންތަކާއި، ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލް ކުރުން.
  10. ރަށު ކައުންސިލުން އެކިފަރާތްތަކަށް  ފޮނުވަންޖެހޭ ލިޔެކިޔުންތައް ޔުނިޓްތަކުން ހޯދައި ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

01. ތަޢުލީމާއި ތަމްރީނު.

02. މަސައްކަތުގެ ތަޖްރިބާ.

03. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

04. ގިނަ ވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )
  3. ވަޒިފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑިކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއެ.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޟެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ)ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން  ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަޔް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 18 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން. ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018އޭޕްރީލް 19އިން 21އާއި ދެމެދު ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚް ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ސޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

ޖުމުލަ އިންސައްތަ:  %30

އެހެނިހެން ކަންތައްތައް

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 

         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް  ސާފުކުރައްވަން ބޭނުންވާނަމަ މިއިދާރާގެ ނަމްބަރ: 6740015 ފޯނަށް، ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ.

24ރަޖަބު1439

10އޭޕްރީލް 2018

10 އޭޕްރިލް 2018
ހޯދާ