މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ ކައުންސިލްއިދާރާގެ ދޮރުފަތްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުން

މާލެއަތޮޅުތުލުސްދޫ ކައުންސިލްގެ އިދާރާ

ކ.ތުލުސްދޫ، ދިވެހިރާއްޖެ  

އިޢުލާން

ތުލުސްދޫ ކައުންސިލްއިދާރާގެ ދޮރުފަތްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުން

 ތުލުސްދޫ ކައުންސިލް އިދާރާގެ ދޮރުފަތްތައް ނައްޓާ އެލުމެނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލް 16 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 އެޕްރީލް 23ވާ ހޯމަ ދުވަހުގެ 13:30އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށް ފައިވާ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބާއެކު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ޙުށަހަޅަންވާނެއެވެ. ކުންފުނިން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށް ފައިވާ ފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 އޭޕްރިލް 2018
ހޯދާ