މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކޮމްޕިއުޓަރ ހާރޑްވެއަރ، އެކްސަސަރީޒް އަދި ނެޓްވޯރކް ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކޮމްޕިއުޓަރ ހާރޑްވެއަރ، އެކްސަސަރީޒް އަދި ނެޓްވޯރކް ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މިކޯޕަރޭޝަނުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް މި ކޯޕަރެޝަނަށް ބޭނުންވާ ކޮމްޕިއުޓަރ ހާރޑްވެއަރ، އެކްސަސަރީޒް އަދި ނެޓްވޯރކް ހާރޑްވެއަރ ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ، މިފަދަ ތަކެތި ސަޕްލައި ކުރުމުގެ ތަޖުރިބާ އާ ޤާބިލްކަން ހުރި ރާއްޖޭގައި ޚިދުމަތް ދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފުޞީލް

ނަން:                 މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކޮމްޕިއުޓަރ ހާރޑްވެއަރ، އެކްސަސަރީޒް އަދި ނެޓްވޯރކް ހާރޑްވެއަރ ސަޕްލައި ކުރުން

ބޭނުންވާ ތަކެތި:          ސާވަރ ޔޫ.ޕީ.އެސް، ކޮމްޕިއުޓަރ ޔޫ.ޕީ.އެސް، ހާރޑް ޑިސްކްސް، ނެޓްވޯކް ސްވިޗް، ނެޓްވޯކް ކޭބަލް

ބީލަމާ ބެހޭ މަޢުލޫމާތު ދިނުން

11 އެޕްރީލް 2018 ވާ ބުދަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓު (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޒިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގި ފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

އީ-މެއިލް:

[email protected]

މަތީގައި ބަޔާން ކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ. 

04 އޭޕްރިލް 2018
ހޯދާ